މަސްތުވާތަކެއްޗާއި އެކު ގދ. ގައްދޫއިން މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ހާމަކުރެއްވި ގޮތުގައި ގައްދޫގައި މަސްތުވާތަކެތި ގެންގުޅޭކަމަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ޖޫން 18 ވަނަ ދުވަހު 22:45 ހާއިރު ހިންގި ހިންގި އޮޕަރޭޝަނެއްގައި، ހައްޔަރުކޮށްފައިވަނީ 28 އަހަރުގެ މީހެއް ކަމަށެވެ. އަދި އޭނާ ހައްޔަރުކޮށް ދިރިއުޅޭ ގެ ބަލައިފާސްކުރި ކުރުމުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 19 ސެލޯފިންކޮޅު ފެނިފައިވާ ކަމަށްވެސް ފުލުހުން ހާމަކުރައްވައެވެ.
އެ މައްސަލާގައި ގައްދޫ މެޖިސްޓްރޭޓް ކޯޓުންވަނީ އޭނާގެ ބަންދަން ފަސް ދުވަސް ޖަހާފައިކަމަށްވެސް ފުލުހުން ހާމަކުރައްވައެވެ.
މި މައްސަލަ ގައްދޫ ޕޮލިސް ސްޓޭޝަނުން ގެންދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް