ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި ބެހޭ ދިރާސާއެއް އައްޑޫގައި ކުރަނީ

އައްޑޫ ސިޓީގައި ދިރިއުޅޭ އުމުރުން ދުވަސްވީ މީހުންނާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ހާލު ދެނެގަތުމަށް ދިރާސާއެއް ކުރުމަހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ނިންމައިފިއެވެ. މި ދިރާސ...

20 Jun 2018 | 09:29

އައްޑޫ ސިޓީގައި ދިރިއުޅޭ އުމުރުން ދުވަސްވީ މީހުންނާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ހާލު ދެނެގަތުމަށް ދިރާސާއެއް ކުރުމަހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ނިންމައިފިއެވެ.

މި ދިރާސާ ކުރުމަށް ހަމަޖެހިފައިވަނީ އެޗުއާރުސީއެމް އާއި މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހާއި ގުޅިގެންނެވެ. މި ދިރާސާ ކުރަނީ ތިން ދުވަހުގެ މުއްދަތަކަށެވެ.

އެޗްއާރުސީއެމުން ބުނީ އެ ދިރާސާގެ މަގުސަދަކީ އައްޑޫ ސިޓީގައި ދިރިއުޅޭ އުމުރުން ދުވަސްވީ އަދި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ލިބިދޭ ހައްގުތަކާއި ރައްކާތެރިކަން ކަށަވަރުވެފައި އޮތް މިންވަރު ދެނެގަނެ އެފަރާތްތަކުގެ ހާލަތު ރަނގަޅު ކުރެވޭނެ މޮނިޓަރިން ނިޒާމެއް ގާއިމު ކުރުމުގެ މަގުފަހިކޮށްދިނުމެވެ.

އެ ދިރާސާ ކުރުމަށްޓަކާ 1500 އަށްވުރެ ގިނަ މީހުންގެ މައުލޫމާތު ހޯދާނެ އެވެ. އަދި ދިރާސާގެ ކަންތައް ކުރިޔަށް ގެންދިޔުމަށް އެނިއުމަރޭޓަރުންގެ ގޮތުގައި ބައިވެރިވުމުގެ ފުރުސަތު އެ އެޗްއާރުސީއެމުން ވަނީ ހުޅުވާލާފައެވެ.

ދިރާސާގެ އަމަލީ މަސައްކަތް މިމަހު 25 ގައި ފެށުމަށް ވަނީ ހަމަޖެހިފައެެވެ. އެ ދިރާސާގައި އެސިޓީގެ ހުރިހާ ރަށެއްގެ އުމުރުން ދުވަސްވީ އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ދިރިއުޅޭ ގޭބިސީތަކަށް ޒިޔާރަތްކޮށް މައުލޫމާތު އެއްކުރާނެ ކަމަށް އެޗުއާރުސީއެމް އިން ވަނީ ބުނެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް