މާބައިދޫ ފެނަކަ އޮފީސް ފަޅާލައި މިދިޔަ މަހު ލައްކައަކަށްވުރެ ގިނަ ރުފިޔާ ވަގަށްނެގި މައްސަލައިގާ ހައްޔަރު ކުރި އެ ބްރާންޗުގެ މުވައްޒަފުންތައް ވަޒީފާއިން ވަކިކޮށްފި އެވެ.
އެ މައްސަލައިގާ ހައްޔަރު ކުރީ އެ ބްރާންޗުގެ ފަސް މުވައްޒަފުންނެވެ. އެ ފަސް މުވައްޒަފުންނަކީ އެ ބްރާންޗުގެ މެނޭޖަރާއި އެސިސްޓެންޓް މެނޭޖަރާއި ސުޕަވައިޒަރާއި އެޑްމިނިސްޓްރޭޓިވް އޮފިސަރާއި ޓެކްނިކަލް އޮފިސަރެވެ. މައުލޫމާތު ލިބިފައިވާގޮތުގައި މި މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައިވަނީ އިއްޔެ ހަވީރުވެ ވަގުތެއްގައި އެވެ. މި މުވައްޒަފުން ވަޒީފާއިން ވަކިކުރީ ނޯޕޭގެ ގޮތުގައި 20 ދުވަހު ބޭތިއްބުމަށްފަހުގައި ކަމަށްވެސް މައުލޫމާތު ލިބެ އެވެ.
އެތަން ފަޅާލައިގެން ވައްކަން ކޮށްފައިވަނީ މެއި 14 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އަދި އެ ވައްކަމުގައި ތިޖޫރީގައި ހުރި 125800 ރުފިޔާ ވަގަށް ގެންގޮސްފައިވެ އެވެ. އެ މައްސަލައިގާ މުވައްޒަފުން ހައްޔަރު ކޮށްފައިވަނީ މިދިޔަ މަހުގެ 18 ވަނަ ދުވަހު އެވެ. އެ ފަސްމީހުންވެސް މިހާރު ވަނީ ދޫކޮށްލާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް