އެކްސްޕޯޓު ކުރި ވަރާއި އިމްޕޯޓު ޑިއުޓީގެ ގޮތުގައި ލިބުނު އާމްދަނީ ދަށަށް

މިދިޔަ މަހު ރާއްޖެއަށް އިމްޕޯޓު ކުރި މުދަލުން ދައުލަތަށް ލިބުނު އާމްދަނީ 10 ޕަސެންޓު ދަށްވެފައިވާ ކަމަށް ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ. އެ އިދާރާއިން އާންމުކޮށްފައިވާ ތަފާސް ހިސާބު ...

20 Jun 2018 | 04:14

މިދިޔަ މަހު ރާއްޖެއަށް އިމްޕޯޓު ކުރި މުދަލުން ދައުލަތަށް ލިބުނު އާމްދަނީ 10 ޕަސެންޓު ދަށްވެފައިވާ ކަމަށް ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

އެ އިދާރާއިން އާންމުކޮށްފައިވާ ތަފާސް ހިސާބު ދައްކާގޮތުން މިދިޔަ މަހު އެތެރެ އިމްޕޯޓު ޑިއުޓީގެ ގޮތުގައި 240 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެކަމަކު މިއަހަރުގެ މެއި މަހު ލިބިފައިވަނީ 214  މިލިއަން ރުފިޔާ އެވެ. މިދިޔަ މަހު ރާއްޖެއަށް 3.5 މިލިއަން ރުފިޔާގެ މުދާ އިމްޕޯޓުކޮށްފައިވެ އެވެ.

އޭގެ ތެރެއިން އެންމެ ގިނަ މުދާ އިމްޕޯޓުކޮށްފައިވަނީ ޗައިނާއިންނެވެ. ދެވަނައަށް ޔޫއޭއީ އަދި ތިން ވަނައަށް އެންމެ ގިނަ މުދާ އިމްޕޯޓުކޮށްފައިވަނީ ސިންގަޕޫރުންނެވެ.

ރާއްޖެއިން މިދިޔަ މަހުވެސް އެންމެ ގިނައިން އެކްސްޕޯޓުކޮށްފައިވަނީ މަހުގެ ބާވަތްތަކެވެ. އެގޮތުން އެންމެ ގިނައިން މަސް އެކްސްޕޯޓުކޮށްފައިވަނީ ތައިލެންޑަށެވެ. ދެން ޖަރުމަނުވިލާތަށާއި ފްރާންސަށެވެ.

މިދިޔަ މަހު ރާއްޖެއިން އެކްސްޕޯޓު ކުރި މިންވަރުވެސް ވަނީ މިދިޔަ އަހަރުގެ މެއި މަހާ އަޅާ ބަލާއިރު 38 ޕަސެންޓު ދަށްވެފައި އެވެ. ކަސްޓަމްސް އިން ބުނީ މިދިޔަ އަހަރުގެ މެއި މަހު 326 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓު ކުރި އިރު މިއަހަރު އެކްސްޕޯޓުކޮށްފަިއވަނީ 201 މިލިއަން ރުފިޔާގެ މުދާ ކަމަށެވެ.

އެ އިދާރާއިން ބުނީ އެކްސްޕޯޓު ކުރި މިންވަރު މިހާބޮޑަށް ދަށްވީ ރާއްޖެއަށް ކުރި ވިއްސާރައާއި ގުޅިގެން މަސްވެރިކަމަށް އައި ހީނަރު ކަމުގެ ސަބަބުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް