ކޯވިޑް-19 އާއި ގުޅިގެން އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ކޮންމެސް ވަރެއްގެ ލުއި ތަކެއް ދިނުމުގެ ގޮތުން ފްރާންސްގެ ސްކޫލްތައް އަލުން ފެށުމުގެ ހުއްދަ ދިނީ މިދިޔަ ހަފްތާގައި އެވެ.
ދަރިވަރުން ސްކޫލަށް ގޮސް ތައުލީމު ހާސިލް ކުރުމަކީ ދެވަނަ ދަރަޖައިގެ ކަމެއް ނޫންކަމަށާއި އެއީ ކޮންމެހެން އެ ކުދިންގެ ތައުލީމުގެ ތެރޭގައި ހިމަނަން ޖެހޭ ކަމަށް އެ ގައުމުގެ އެޑިކޭޝަން މިނިސްޓްރީން ބުންޏެވެ. ފްރާންސްގެ އެޑިއިކޭޝަން މިނިސްޓްރީގެ މި ނިންމުމާއި އެކު އެގައުމުގެ40،000 އަށްވުރެ ސްކޫލްތަކުގެ ކިޔެވުން އަލުން ފެށި އެވެ.
މިދިޔަ ހަފްތާގައި ފުރަތަމަ ހުޅުވާފައިވަނީ ޕްރީ ސްކޫލްތަކާއި ޕްރައިމަރީ ސްކޫލްތަކެވެ. އަދި މި ހަފްތާގައި ސެކަންޑްރީ ސްކޫލްތަކުގެ ކިޔެވުން ފަށާފައިވާއިރު 30 ޕަސެންޓު ކުދިން ވަނީ ސްކޫލްތަކަށް ދާން ފަށާފައި އެވެ.
އެކަމަކު ކުއްލިއަކަށް އިއްޔެ ވަނީ މީގެ ތެރެއިން ގިނަ ސްކޫލްތައް ބަންދު ކުރަން ޖެހިފައި އެވެ. އެގައުމުގެ އެޑިއުކޭޝަން މިނިސްޓްރީން ބުނީ70 އަށްވުރެ ގިނަ ސްކޫލްތަކާއި ގުޅުން ހުރި މީހުން ވައިރަސްއަށް ޕޮސިޓިވްވެ ސްކޫލް މާހައުލަކީ ކުދިންނަށް އަދި ރައްކާތެރި މާހައުލެއް ކަމަށް ނޫންކަމަށް ކަނޑައަޅަން ޖެހިފައިވާ ކަމަށެވެ.
އެހެންވެ މިނިސްޓްރީން ވަނީ ކުދިން ގޭގައި ބޭތިއްބުމަށް އިލްތިމާސްކޮށްފައި އެވެ. ގިނައިން ބަންދު ކޮށްފައިވަނީ ފްރާންސްގެ އުތުރުގެ ސިޓީތަކުގެ ސްކޫލްތަކެވެ.
ފްރާންސްގެ އިތުރުން ކޯވިޑާއި ގުޅިގެން އެޅި ފިޔަވަޅުތަކަށް ލުއި ދީ ސްކޫލްތައް ހުޅުވުމުގެ ހުއްދަ ދީފައި އެވެ. އެ ގައުމުގައި އަދި މިހާތަނަށް މިފަދަ ގޮތަކަށް ޕޮސިޓިވްވާ މީހުންގެ އަދަދު ސްކޫލް މާހައުލުން އިތުރުވެދާނެ ކަމުގެ އިޝާރާތެއް ނުފެންނަ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
މީގެ އިތުރުން މި ހަފްތާގައި ސައުތް ކޮރެއާގައިވެސް ވަނީ ސްކޫލްތައް ހުޅުވައި ކިޔަވައިދޭން ފަށާފައި އެވެ. އަލުން ސްކޫލްތައް ހުޅުވި ގައުމުތަކުގައި ރައްކާތެރިކަމުގެ ގޮތުން ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައި ހުރެ އެވެ.
އެގޮތުން ސްކޫލް ގޭޓުން ވަންނަ ކޮންމެ ކުއްޖެއްގެ ޓެމްޕަރޭޗާ ދެނެގަނެ ސެނަޓައިޒާ ކުރުވައެވެ. އަދި މާސްކް އަޅައި ސްކޫލް ތެރޭގައި އުޅެން ޖެހެނީ އިޖްތިމާއީ ގައިދުރުކަން ބަހައްޓައިގެންނެވެ. މީގެ އިތުރުން އާންމުކޮށް ކްލާސްރޫމްގައި ތިބޭ އަދަދަށްވުރެ ވަރަށް ބޮޑަށް އެއް ކްލާހެއްގައި ތިބޭ އަދަދު ވަނީ މަދުކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް