ފުލުހުންނާއި ސިފައިން ގުޅިގެން ތަމްރީންތަކެއް ކުރިއަށްގެންދަން ހަމަޖައްސައިފި

ފުލުހުންނާއި ސިފައިން ގުޅިގެން ތިން ދުވަހުގެ ތަމްރީންތަކެއް ކުރިއަށްގެންދަން ހަމަޖައްސައިފިއެވެ. އެމްއެންޑީއެފްއިން ބުނެފައިވަނީ އެ ތަމްރީނުތައް ކުރިއަށް ގެންދާނީ މާދަމާ 18:00 އިން ފެށިގެން ބުރާސްފަތި...

20 May 2019 | 09:47

ފުލުހުންނާއި ސިފައިން ގުޅިގެން ތިން ދުވަހުގެ ތަމްރީންތަކެއް ކުރިއަށްގެންދަން ހަމަޖައްސައިފިއެވެ.

އެމްއެންޑީއެފްއިން ބުނެފައިވަނީ އެ ތަމްރީނުތައް ކުރިއަށް ގެންދާނީ މާދަމާ 18:00 އިން ފެށިގެން ބުރާސްފަތި ދުވަހުގެ 06:00 އަށް ކަމަށެވެ. އަދި އެ ތަމްރީންތައް ކުރިއަށް ގެންދާނީ މާލޭގެ އިތުރުން އަތޮޅުތަކުގެ އެއްގަމާއި ކަނޑުގެ ސަރަހައްދުގައި ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

އެގޮތުން މި ތަމްރީންތަކުގެ ތެރެއިން ފުލުހުންނާއި ސިފައިން ގުޅިގެން އެއްގަމާއި ކަނޑުގެ އުޅަނދުތައް ބަލާފާސްކުރުމަށް ހަމަޖެހިފައިވާ ކަމަށާއި ތަމްރީންތައް ކުރިއަށްދާ ދުވަސްތަކުގައި ސިފައިން ހަތިޔާރާއި އެކު ހަރަކާތްތެރިވާނެ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

ފުލުހުންނާއި ސިފައިން ގުޅިގެން މީގެ ކުރިންވެސް ތަމްރީނެއް ކުރިއަށް ގެންގޮސްފައިވެއެވެ. "އެމަޖެންސީ ރެންޕޮންސް އެކްސަސައިޒް" ގެ ނަމުގައި ކުރިއަށް ގެންދިޔަ ތަމްރީންއަކީ ނުރައްކާތެރި އަދި ކުއްލި ހާލަތެއް ދިމާވެއްޖެނަމަ، ސިފައިންނާ އެހެނިހެން މުއައްސަސާތައް ގުޅިގެން މަސައްކަތްކުރާނެ ގޮތް ފަރިތަކުރުމަށް ކުރިއަށް ގެންދިޔަ ތަމްރީނެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް