ބޮބީގެ މަރުގެ މައްސަލާގައި ދެ މީހެއްގެ މައްޗަށް މަރުގެ ހުކުމް ކޮއްފި

މީގެ ހަތް އަހަރު ކުރިން ފިނޭންސް މިނިސްޓްރީ ކުރިމަތީ އޮންނަ ގޯޅިއެއްގެ ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވާ އަބްދުލްމުހީތު (ބޮބީ)ގެ މަރުގެ މައްސަލާގައި ކުށް ސާބިތުވި ދެ މީހެއްގެ މައްޗަށް މަރ...

20 May 2019 | 09:17

މީގެ ހަތް އަހަރު ކުރިން ފިނޭންސް މިނިސްޓްރީ ކުރިމަތީ އޮންނަ ގޯޅިއެއްގެ ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވާ އަބްދުލްމުހީތު (ބޮބީ)ގެ މަރުގެ މައްސަލާގައި ކުށް ސާބިތުވި ދެ މީހެއްގެ މައްޗަށް މަރުގެ ހުކުމް ކޮށްފި އެވެ.

މި މައްސަލާގައި މަރުގެ ހުކުމް ކޮއްފައިވަނީ ގދ. ގައްދޫ، އަބްލަޣީގޭ މުހުޖަތު އަހްމަދު ނާސިހު އާއި ޅ. ނައިފަރު، ޒައިތޫނިގެ މުހައްމަދު މައިމޫންގެ މައްޗަށެވެ. މި ދެމީހުންގެ މައްޗަށް ކުށް ސާބިތުވި ކަމަށް މި މަހުގެ ހަތް ވަނަދުވަހު ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮއްފައެވެ.

ހުކުމް ކޮއްފައިވާ ދެމީހުންގެ އަދަބު ކްރިމިނަލް ކޯޓުން ކަނޑައަޅާފައިވާއިރު، މުހީތުގެ ހުރިހާ ވާރިސުން ބޭނުންވަނީ ގާތިލުންގެ ފުށުން ޤިޞާޞް (މަރަށް މަރު) ހިފުމަށް ކަމަށް ހުކުމުގައި ވަނީ ބުނެފައެވެ. އެހެންކަމުން އިސްލާމީ ޝަރީއަތާއި ރާއްޖޭގެ ގާނޫނުގައި ބުނެފައިވާ ގޮތަށް މަރަށް މަރު ހިފުމަށް ހުކުމް ކުރާ ކަމަށް އެ ހުކުމުގައި ވަނީ ބުނެފަ އެވެ.

ތޫނު އެއްޗަކުން ހަމަލާދީ މުހީތު މަރާލާފައިވަނީ 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 19 ވީ ދުވަހުގެ ރޭ ދަންވަރެވެ. މީގެކުރިން މުހީތު މަރާލި ކަމުގެ ކުށް ސާބިތުވެ ދެ ކުއްޖެއްގެ މައްޗަށް ޖުވެނައިލް ކޯޓުން ވަނީ މަރުގެ ހުކުމް އިއްވާފައިވާއިރު އެ ދެ މައްސަލަ މިހާރު ވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް