މި މަހުގެ 10 ވަނަ ދުވަހު ނުވަ އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގާ އުމުރުން 71 އަހަރުގެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނެފައިވަނީ އެ މައްސަލައިގާ މިއަދު 71 އަހަރުގެ ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ.
ފުލުހުން ކުރިން ބުނެފައިވަނީ އެ ކުއްޖާއަށް ޖިންސީ ހާނީއްކަ ލިބޭކަމަށް އަތޮޅު ތެރެއިން ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށާއި އެ މައްސަލަ ބެލި ބެލުމުން ފާހަގަ ކުރެވުނީ އެ މައްސަލައިގެ ތުހުމަތު ކުރެވޭ ފަރާތަކީ އެ ކުއްޖާގެ 13 އަހަރު އަދި 16 އަހަރުގެ ދެ ބެއިންއަށް ކަމަށެވެ.
އެ މައްސަލަ ޖެންޑަރ މިނިސްޓްރީ އާއި ފުލުހުން ގުޅިގެން ބަލަމުން އަންނައިރު އެއީ ކޮން ރަށެއްކަން ފުލުހުން ހާމައެއް ނުކުރެއެވެ.
މި މައްސަލައިގެ ތުހުމަތު އެ ކުއްޖާގެ ފިރިހެން ދެ ބޭބެއަށް ކޮށްފައިވީނަމަވެސް ސޯޝަލް މީޑިއާގައި އަދި އެ ރަށުގައި ވާހަކަ ދެކެވޭގޮތުން ނަމަ އެ ކުއްޖާއަށް، އެ ކުއްޖާގެ މަންމަ މިހާރު ލޯބީގެ ގޮތުން ގުޅިގެން އުޅޭ މީހާވެސް ޖިންސީ ހާނީއްކަ ކުރިއެވެ. ހައްޔަރު ކުރިކަމަށް ބެލެވެނީ އެ މީހާއެވެ.
ތަފްސީލް އަންނަނީ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް