އެސްއޯއެފް ކުންފުނިން ފައިސާ ޖަމާކުރި 155 މީހުންގެ މައްސަލަ އޭސީސީން ފުލުހުންނަށް ފޮނުވައިފިއެވެ.
ބޮޑު ހިޔާނާތުގެ މައްސަލައެއްގައި ހިމެނޭ އެސްއޯއެފްގެ މައްސަލަ ފުލުހުންނަށް ފޮނުވާފައިވަނީ އޭގެ ތެރޭގައި މަނީލޯންޑަރިންނާއި ފޯޖެރީ އާއި ގުޅުން ހުރި ކަންކަން ހުރުމުން އޭސީސީން އެ މައްސަލަ ކުރިއަށް ގެންދެވޭނެ މެންޑޭޓް ނެތުމުން ކަމަށް އެންޓިކޮރަޕްޝަން ކޮމިޝަންގެ ނައިބު ރައީސް މުޢައްވިޒު ރަޝީދު ވިދާޅުވިއެވެ.
މުއައްވިޒަ ވިދާޅުވެފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން މި މައްސަލަތައް ތަހުގީގު ކުރުމުގެ ބާރު އޭސީސީއަށް ނެތް ކަމަށާއި ފައިސާ ޖަމާވި ބައެއް މީހުން އޭސީސީގެ ތަހުގީގަށް ހާޒިރު ނުވާ ކަމަށެވެ. އެހެންނަމަވެސް ފުލުހުންނަށް ވަނީ އެ މައްސަލައާ ގުޅޭ ގިނަ މައުލޫމާތުތަކެއް ހޯދިފައިކަމަށާއި މައްސަލަ މިހާރު ލީޑް ކުރައްވާނީ ފުލުހުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ޖުމްލަ އަދަދު 1.4 ބިލިއަން ޑޮލަރަށް އަރާއިރު ފައިސާގެ ބޮޑު ބައެއް ވަނީ އެސްއޯއެފް ކުންފުންނީގެ އެކައުންޓުތަކަށް ޖަމާކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް