އެސްޓީއޯއިން ހިއްސާގެ ފައިދާ އަންނަ ބުރާސްފަތި ދުވަހު ދޫކުރަން ފަށަނީ

މިދިޔަ އަހަރުގެ ވިޔަފާރީގެ ފައިދާއިން ހިއްސާދާރުންނަށް ބެހުމަށް ފާސްކޮއްފައިވާ ހިއްސާގެ ފައިދާ އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ދޫކުރަމުންދާނެކަމަށް އެސްޓީއޯއިން ހާމަކޮއްފިއެވެ. މި މަހުގެ 16 ވަނަ ދ...

20 May 2019 | 08:59

މިދިޔަ އަހަރުގެ ވިޔަފާރީގެ ފައިދާއިން ހިއްސާދާރުންނަށް ބެހުމަށް ފާސްކޮއްފައިވާ ހިއްސާގެ ފައިދާ އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ދޫކުރަމުންދާނެކަމަށް އެސްޓީއޯއިން ހާމަކޮއްފިއެވެ.

މި މަހުގެ 16 ވަނަ ދުވަހުގެ ރޭ ބޭއްވި އެސްޓީއޯގެ 2018 ވަނަ އަހަރީ އާއްމު ޖަލްސާގައި ހިއްސާއަކަށް ބެހުމަށް ފާސްކުރި 58 ރުފިޔާ އަންނަ ބުރާސްފަތި ދުވަހުން ފެށިގެން އެސްޓީއޯގެ މައި އޮފީހުން ދޫކުރަމުން ދާނެ ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.

އެސްޓީއޯއިން ބުނެފައިވަނީ ހިއްސާގެ ފައިދާ ނެގުމަށް އަންނަ ފަރާތްތަކުން އައިޑީކާޑު ނުވަތަ ހިއްސާގެ ސެޓްފިކޭޓް ގެންނަންޖެހޭނޭކަމަށެވެ. އަދި ހިއްސާގެ ފައިދާ ބޭންކް އެކައުންޓަށް ޖަމާކުރުމަށް މިހާރު ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުގެ ބޭންކް އެކައުންޓްތަކަށް މި ހިނގާ މެއި މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ފައިސާ ޖަމާކޮށްދޭނޭކަމަށްވެސް އެސްޓީއޯއިން ވަނީ ބުނެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް