އޮސްޓްރޭލިއާގެ ބޮޑުވަޒީރަށް ރައީސް ތަހުނިޔާ ދަންނަވައިފި

އޮސްޓްރޭލިއާގެ ފެޑެރަލް އިންތިހާބު ކާމިޔާބު ކުރެއްވުމާއި ގުޅިގެން އެގައުމުގެ ބޮޑުވަޒީރު ހިޒް އެކްސެލެންސީ ސްކޮޓް މޮރިސަން އަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ތަހުނިޔާ ވިދާޅުވެ މެސެޖ...

20 May 2019 | 08:52

އޮސްޓްރޭލިއާގެ ފެޑެރަލް އިންތިހާބު ކާމިޔާބު ކުރެއްވުމާއި ގުޅިގެން އެގައުމުގެ ބޮޑުވަޒީރު ހިޒް އެކްސެލެންސީ ސްކޮޓް މޮރިސަން އަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ތަހުނިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސް ފޮނުއްވެވި ތަހުނިޔާގެ މެސެޖުގައި، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި އަދި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، އޮސްޓްރޭލިޔާގެ ބޮޑުވަޒީރަށާއި އޮސްޓްރޭލިއަން ލިބަރޓީ ޕާޓީއަށް ވަނީ ތަހުނިޔާ ވިދާޅުވެފައިވެއެވެ. އަދި، އޮސްޓްރޭލިޔާގެ ވަރުގަދަ ޑިމޮކްރަސީގެ ސަގާފަތް އެގޮތުގައި ދެމެހެއްޓުމުގައި ރައްޔިތުން ބޭނުންވާ ގޮތް ނިންމަވައިފި ކަމަށާއި، މި ކާމިޔާބީގެ ފަހަތުގައި އޮސްޓްރޭލިޔާގެ ބޮޑުވަޒީރު ސްކޮޓް މޮރިސަން ގެ ވެރިކަން ހިންގެވުމުގެ ޤާބިލުކަން ވަރަށް މުހިންމު ރޯލެއް އަދާކޮށްފައިވާކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ވެސް، އޮސްޓްރޭލިޔާއަކީ ރާއްޖޭގެ ތަރައްޤީގެ ވަރަށް މުހިންމު ބައިވެރިއެއްކަމަށާއި، އޮސްޓްރޭލިޔާގެ އާ ސަރުކާރާއެކު ރާއްޖޭގެ ގުޅުން ކުރިޔަށް އޮތް ދުވަސްތަކުގައި އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދު ކުރައްވާ ކަމުގައިވެސް އެމަނިކުފާނުގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް