އައްޑޫ ސިޓީއަށް ބަހަން ލިބުނު ކަދުރު ބެހުން އަންނަ ހޯމަ ދުވަހު ފަށަނީ

އައްޑޫ ސިޓީގެ ރައްޔިތުންނަށް ބަހަން ލިބުނު 2675 ޕެކެޓު ކަދުރު ބަހަން ފަށާނީ އަންނަ ހޯމަ ދުވަހު ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފިއެވެ. ރޯދަ މަހާއި ދިމާކޮށް ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ބަހަން ...

20 May 2019 | 08:02

އައްޑޫ ސިޓީގެ ރައްޔިތުންނަށް ބަހަން ލިބުނު 2675 ޕެކެޓު ކަދުރު ބަހަން ފަށާނީ އަންނަ ހޯމަ ދުވަހު ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފިއެވެ.

ރޯދަ މަހާއި ދިމާކޮށް ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ބަހަން ދިން ކަދުރު މިފަހަރު ބަހަން ނިންމާފައިވަނީ ފަގީރުންނަށް އިސްކަންދީގެންނެވެ. އެގޮތުން ފަގީރުންގެ ދަފްތަރުގައި ރަޖިސްޓްރީކޮއްފައިވާ ކޮންމެ ގޭބިސީއަކަށް އެއް ޕެކެޓު ކަދުރު ލިބޭނެއެވެ. އަދި ފަގީރުންނަށް ކަދުރު ބެހުމަށްފަހު ބާކީ ކަދުރު ބަހާނީ އެންމެ ފުރަތަމަ އަންނަ ފަރާތްތަކަށް ފުރަތަމަ އިސްކަންދޭ އުސޫލުން ކަމަށް ބުނެފައިވެއެވެ.

އަންނަ ހޯމަ ދުވަހުން ފެށިގެން އައްޑޫގެ އަވަށު އޮފީސްތަކުން ކަދުރު ބެހުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖައްސާފައެވެ. ކަދުރު ބަހާނީ ރަސްމީ ދުވަސްތަކުގެ ހެނދުނު 9:15 އިން މެންދުރު 13:00 ގެ ނިޔަލަށެވެ.

މީގެއިތުރުން ކަދުރު ޕެކެޓެއް ލިބޭނީ އެ ގޭބިސީއެއްގެ ސައްހަކަން އަންގައިދޭ ލިޔުމެއް ހިފައިގެން ދިއުމުންނެވެ. އެހެންކަމުން  ގޭބިސީއެއްގެ ސައްހަކަމަށް ކަނޑައަޅާ ލިޔުމަކީ ކުއްޔަށް ހިފައިގެން ދިރިއުޅޭ ތަނުގެ ދެފަރާތުން ސޮއިކޮށްފައިވާ އެއްބަސްވުމުގެ އަސްލު ނުވަތަ އެގޭބިސީއެއް ނިސްބަތްވާ އިމާރާތުގެ ގޯތީގެ ރަޖިސްޓްރީގެ އަސްލު ނުވަތަ ގޭގެ އިމާރާތުގެ ގޯތީގެ ރަޖިސްޓްރީގެ އަސްލެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް