ހުޅުމާލެ ލަކުޑި ޖެޓީގައި އޮތް އެމްޓީސީސީގެ ލޯންޗެއްގައި އެއްޗެއް ގޮވައި ތިން މީހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން ވިދާޅުވީ، އަނިޔާވި ތިން މީހުންނަށްވެސް މިހާރު ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދާ ކަމުގައެވެ. އަދި އަނިޔާވި ތިން މީހުންގެ ތެރެއިން ދެ މީހެއްގެ މޫނާއި އަތް ފިހިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
ހުޅުމާލެ ހޮސްޕިޓަލް ހިންގާ އާސަންދަ ކުންފުނިން ދުވަހަށް މައުލޫމާތު ދެމުން ވިދާޅުވީ، ވަރަށް ބޮޑަށް ފިހިފައިވާ ދެ މީހަކު މިއަދު ހެނދުނު 11:15 ހާއިރު ހުޅުމާލެ ހޮސްޕިޓަލަށް ގެނެސް ފަރުވާ ދޭން ފަށާފައިވާ ކަމަށެވެ.
"ދެމީހުންވެސް ވަނީ ފަސްޓް ޑިގްރީ ބާން އެއް ވެފަ. ދެމީހުންނަށް ވެސް އަންނަނީ އެމަޖެންސީ ރޫމުގައި ފަރުވާ ދެމުން" އާސަންދަ މީޑިއާ އިން ވިދާޅުވިއެވެ.
އިތުރަށް ވިދާޅުވީ، ފިހިފައި ވަނީ ކިތައް ޕަސެންޓް ކަން އަދި ދަންނަވަން ދަތި ކަމަށާއި، މައުލޫމާތު ލިބޭވަރަކުން ހިއްސާކުރާނެ ކަމަށެވެ.
މިހާދިސާ ހިނގަން މެދުވެރިވީ، އެ ލޯންޗްގެ ޕެޓްރޯލް ޕަމްޕް ސްވިޗް ބަދަލުކުރަން އުޅުމުގެ ތެރޭގައި ބާރު އަޑަކާއި އެކު ބެޓެރީ ގޮވުމުގެ ސަބަބުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް