މ. މުލަކުން މަސްތުވާތަކެއްޗާއި އެކު މީހަކު ހައްޔަރުކޮށްފިއެވެ.
19 އަހަރުގެ މި މީހާ ފުލުހުން ހައްޔަރުކޮށްފައި ވަނީ މިމަހުގެ 18 ވަނަ ދުވަހު ރޭ، 21:38 ހާއިރުގައެވެ.
ފުލުހުން ވިދާޅުވީ، މުލަކު ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުން ރަށުތެރެ ޕެޓްރޯލުކުރަމުން ދިޔައިރު، އެރަށު ބަނދަރުމަތީގައި ހުރި މީހެއްގެ އަމަލުތައް ހުރިގޮތުން މަސްތުވާތަކެތި ގެންގުޅޭކަމަށް ޝައްކުކުރެވިގެން ހުއްޓުވި ކަމަށެވެ. އަދި އެ ވަގުތު އޭނާގެ އަތުގައި އޮތް އެއްޗެއް ބިންމައްޗަށް ވައްޓައިލިތަން ފެނުމުން، ފުލުހުން ވައްޓައިލި އެތި ބަލައި ފާސްކުރި އިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 8 ރަބަރު ޕެކެޓު ފެނިފައިވާކަމަށް ވިދާޅުވިއެވެ.
މި މީހާގެ ބަންދަށް މުލަހު ކޯޓުން ވަނީ 10 ދުވަހުގެ މުއްދަތެއް ޖަހާފައެވެ. މި މައްސަލަ މުލަކު ޕޮލިސް ސްޓޭޝަނުން މިހާރު ދަނީ ތަހުޤީޤު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް