ދުވަހުގެ ރެސިޕީ: ކެޝޫނަޓް ޕެޕަރ ބީފް

ބޭނުންވާނެ ތަކެތި 200ގ ކެޝޫނަޓް، ތެލުލާފަހުރި 500ގ ގެރިމަސް، ކުދިކޮށް ކޮށާލާފަހުރި 2 ބޮޑު ފިޔާ، ޑައިސްކޮށް ކޮށާލާފަހުރި 3 ފިއް ލޮނުމެދު،  ތުނިކޮށް ކޮށާލާފަ 400ގ ކެޕްސިކަމް، ތިން ކުލައިން ޑައިސްކޮށްލާފ...

20 May 2019 | 05:59

ބޭނުންވާނެ ތަކެތި

200ގ ކެޝޫނަޓް، ތެލުލާފަހުރި

500ގ ގެރިމަސް، ކުދިކޮށް ކޮށާލާފަހުރި

2 ބޮޑު ފިޔާ، ޑައިސްކޮށް ކޮށާލާފަހުރި

3 ފިއް ލޮނުމެދު،  ތުނިކޮށް ކޮށާލާފަ

400ގ ކެޕްސިކަމް، ތިން ކުލައިން ޑައިސްކޮށްލާފަ

1 ލީކްސް، ކުދިކޮށް ކޮށާލާފަ

4 މޭޒުމަތީ ސަމުސާ އޮއިސްޓަރ ސޯސް

2 މޭޒުމަތީ ސަމުސާ ކެޗްއަޕް

2 މޭޒުމަތީ ސަމުސާ ސޯޔާ ސޯސް

2 ސައިސަމުސާ ފިސް ސޯސް

2 ސައިސަމުސާ ސެސަމީ އޮއިލް

ހައްދަވާނެ ގޮތް

ތަވާގައި ތެޔޮފޮދެއް ހޫނުކޮށްލުމަށްފަހު ބީފް ކޮޅު އަޅުއްވާ ދެބައިކުޅަ އެއްބަޔަށް ރޯފިލުވާލައްވަވާ. ގެރިމަސްކޮޅު ތަވައިން ނަންގަވާ ވަކި ތަށްޓަކައް އެޅުވުމަށްފަހު ތަވާގައި ފިޔާ އަދި ލޮނުމެދު ކޮޅު އަޅުއްވާ މީރުކޮށްލައްވާ. އެއަށްފަހު ގެރިމަސްކޮޅު، ލީކްސް އަދި ކެޕަސިކަމް އަޅުއްވާ ހަތަރު މިނެޓް ވަންދެން ކައްކަވާލައްވާ. ދެން އޮއިސްޓަރ، ކެޗްއަޕް، ސޯޔާ އަދި ފިސް ސޯސް އަޅުއްވާ. 2 މިނެޓް ވަރު ކެކިލުމުން ސެސަމީ ތެޔޮ އަދި ކެޝޫނަޓް އަޅުއްވާ އެއްކޮއްލައްވާ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް