ހިތްގައިމު މާހައުލެއްގައި ރޯދަވިއްލުމެއް ބޭނުންނަމަ މިއަދު ދުވަހުގެ ރެސްޓޯރެންޓް ސެގްމެންޓްގައި މި ގެނެސްދޭ ރެސްޓޯރެންޓް ވަރަށް ކަމުދާނެއެވެ. ތަފާތު ބާވަތްތަކުގެ މީރު ކާނާ ތަކާއި އެކު މިއަދު މިގެނެސްދެނީ ކަބްސާ ލައުންޖްގެ އިފްތަރް މެނޫތަކެވެ. މި އާޓިކަލް ޝެއާ ކުރައްވައިގެން މި ހިތްގައިމު ރެސްޓޯރެންޓުން ދެ ބޭފުޅަކަށް ރޯދަ ވީއްލުން ލިބުމުގެ ރަނުގެ ފުރުސަތު މިއޮތީ ލިބިފައެވެ.
ކަބްސާއިން އިފްތަރަށް ހާއްސަކޮށްގެން ތަފާތު ބާވަތްތަކާއި އެކު ހާއްސަ މެނޫތަކެއް ވަނީ ތައާރަފްކޮށްފައެވެ. މީގެތެރެއިން ކޮންމެ ދުވަހަކު ބުފޭ ހުންނައިރު ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކުވެސް 170 ރުފިޔާ އަށް ރޯދަ ވީއްލޭނެއެވެ. ހުކުރު ދުވަހުގެ މެނޫގެ އަގަކީ 200 ރުފިޔާ އެވެ. ކަބްސާ އިން ވަނީ މޭޒަށް ސާވް ކުރާ މެނޫ އެއް ވެސް ތައާރަފްކޮށްފައެވެ. ކޮންމެ ދުވަހަކުވެސް ތަފާތު ބާވަތްތައް ލިބެން ހުންނައިރު، މޭޒަށް ސާވް ކުރާ މެނޫގެ އަގަކީ 100 ރުފިޔާ އެވެ.
ކަބްސާ އިން ވަނީ ވަރަށް ހާއްސަ ޑިސްކައުންޓް ތަކެއްވެސް ތައާރަފްކޮށްފައެވެ. އެގޮތުން ކޮންމެ 5 މީހަކަށް އިތުރު އެކަކުގެ ކެއުން ހިލޭ ލިބޭއިރު، ކޮންމެ 10 މީހަކަށް އިތުރު ދެމީހެއްގެ ކެއުން ހިލޭ ލިބޭނެއެވެ.
މިހާ ހިސާބުން ކަބްސާގެ އިފްތަރް މެނޫތައް ހިއްސާކޮށްލާނަމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް