މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ޔެލޯ އެލާޓް ނެރެފިއެވެ.
މޫސުމާއިބެހޭ ގައުމީ އިދާރާއިން މި އެލާޓް ނެރެފައިވަނީ މިރޭ 01:00 ހާއިރުގައެވެ. އެލާޓު ދެމިގެންދާނެ ވަގުތަކީ މިރޭ 01:15 އިން މިރޭ ފަތިހު 04:30 އަށް ކަމުގައި މެޓް އޮފީހުން ބުނެއެވެ.
އެލާޓް ނެރެފައިވަނީ ޅ އަތޮޅުން ފެށިގެން ފ އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ.
އެ ރަށްތަކަށް މި ވަގުތުތަކުގައި ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށް މޫސުމާއިބެހޭ ގައުމީ އިދާރާއިން ބުނެފައިވެއެވެ.
މެޓް އޮފީހުން މިރޭ ބުނެފައިވަނީ ކުރިއަށް އޮތް ދުވަސްތަކުގައި ދެކުނާއި މެދު ރާއްޖެތެރޭގެ ރައްތަކަށް ވިއްސާރަކޮށް ބައެއް ރަށްރަށަށް ބޯކޮށް ވާރޭ ވެހިދާނެ ކަމަށާއި އުތުރުގެ ރަށްތަކަށް ކެރީގެ އަސަރުކުރާނެކަމަށް ލަފާކުރެވޭ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް