މާލޭ ގެއެއްގެ ކޮޓަރިއެއްގައި ރޯވެ ބޮޑެތި ގެއްލުންތަކެއް ވެއްޖެ

ގ. އަބާސާ ގޭގެ ކޮޓަރެއްގައި އަލިފާން ރޯވެ ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ. އެމްއެންޑީއެފުން ބުނީ އެ ހާދިސާގެ ރިޕޯޓު ކޮށްފައިވަނީ މިރޭ 7:44 ހާއިރު ކަމަށެވެ. އަދި އެމްއެންޑީއެފްފަޔާ މަނުން ގޮސް އަލިފާ...

20 May 2018 | 15:45

ގ. އަބާސާ ގޭގެ ކޮޓަރެއްގައި އަލިފާން ރޯވެ ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ އެ ހާދިސާގެ ރިޕޯޓު ކޮށްފައިވަނީ މިރޭ 7:44 ހާއިރު ކަމަށެވެ. އަދި އެމްއެންޑީއެފްފަޔާ މަނުން ގޮސް އަލިފާން ކޮންޓްރޯލް ކުރެވުނީ ގާތް ގަނޑަކަށް 30 ވަރަކަށް މިނެޓު ފަހުން ކަމަށެވެ.

މިހާދިސާ ހިނގާފައިވަނީ ކަރަންޓު ޝޯޓެއް ވެގެންނެވެ.

ހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ނުލިބުނު ނަމަވެސް އެ ކޮޓަރީގައި ހުރި ހުރިހާ އެއްޗެއްހެން ވަނީ އަނދާ ހުލިވެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް