ގަދަ ވަޔާއި އެކު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވިއްސާރަ ކުރާނެ

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގަ ރާއްޖޭގެ ބޮޑު ބަޔަކަށް ބޯކޮށް ވާރޭވެހި ވިލާގަނޑުގައި ވައި ގަދަވާނެ ކަމަށް މެޓް އޮފީހުން ބުނެފި އެވެ. މޫސުން ކުރިޔަށް ލަފާ ކުރާގޮތާއި ބެހޭގޮތުން އެ އިދާރާއިން ...

20 May 2018 | 09:59

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގަ ރާއްޖޭގެ ބޮޑު ބަޔަކަށް ބޯކޮށް ވާރޭވެހި ވިލާގަނޑުގައި ވައި ގަދަވާނެ ކަމަށް މެޓް އޮފީހުން ބުނެފި އެވެ.

މޫސުން ކުރިޔަށް ލަފާ ކުރާގޮތާއި ބެހޭގޮތުން އެ އިދާރާއިން ބުނީ މިއަދު އުތުރުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށެވެ. އެގޮތުން ހއ. އަތޮޅާއި ބ. އަތޮޅާއި ދެމެދުގެ ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުމާއި އެކު ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

މެޓް އޮފީހުން ބުނީ ހުރިހާ ސަރަހައްދެއްގެ ކަނޑުތައްވެސް ގަދަވާނެ ކަމަށެވެ.

ވައިޖެހޭނެ ކަމަށް ލަފާކޮށްފައިވަނީ ދެކުނާއި ހުޅަނގުދެކުނުން، މެދުތެރޭގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާ 23 މޭލާދެމެދުގެ ބާރުމިނުގައި އެވެ.  އެހެން ހިސާބުތަކަށް ގަޑިއަކު ހަ މޭލާ 16 މޭލާދެމެދުގެ ބާރުމިނުގައި އެވެ. އަދި ހުރިހާ ހިސާބަކަށްވެސް ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށްލަފާ ކުރެެ އެވެ.

މިހާރު ކުރަމުންދާ ވިއްސާރައިގަ އިއްޔެވެސް ވަނީ ދެކުނު އާބާދީ ބޮޑެތި ރަށްތަކުގައި ފެންބޮޑުވެގެން ސިފައިން ނުކުމެ ފެން ހިއްކާފަ އެވެ. އެގޮތުން އައްޑޫ ސިޓީ އާއި، ގދ ތިނަދޫއަށް ކުރި ވިއްސާރައިގަ ބައެއް ގޭގެއަށް ފެން ވަދެފައިވެ އެވެ.

މެޓް އޮފީހުން ގެންދަނީ ދިމާވެދާނެ ހާދިސާއަކުން ރައްކާތެރިވެ ތިބުމަށް ހަނދާން ކޮށްދިނުމުގެ ގޮތުން މޫސުން ގޯސްވާނެ ސަރަހައްދުތަކަށް ވައިޓް އެލާޓު ނެރެމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް