މަހުލޫފުގެ މިއަދުގެ ޝަރީއަތް ކެންސަލްކޮށްފި

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ގާނޫނު ތަންފީޒު ކުރާ މުވައްޒަފަކަށް ގަސްދުގައި ހުރަސް އެޅުމުގެ ދައުވާގައި މިއަދު ބާއްވަން ހަމަޖެއްސި ޝަރީއަތުގެ އަޑ...

20 May 2018 | 09:08

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ގާނޫނު ތަންފީޒު ކުރާ މުވައްޒަފަކަށް ގަސްދުގައި ހުރަސް އެޅުމުގެ ދައުވާގައި މިއަދު ބާއްވަން ހަމަޖެއްސި ޝަރީއަތުގެ އަޑުއެހުން ކެންސަލްކޮށްފި އެވެ.

މިވަގުތު ގޭބަންދުގައި ހުންނެވި މަހުލޫފުގެ ޝަރީއަތް ކެންސަލް ކުރި ސަބަބެއް ކްރިމިނަލް ކޯޓުން ހާމައެއް ނުކުރެ އެވެ.

މި ދައުވާ އޭނާގެ މައްޗަށް އުފުލީ އިދިކޮޅު އިއްތިހާދުން ކުރި މުޒާހަރާއެއްގެ ތެރެއިން ފުލުހުން ކަރުނަ ގޭސް ޖެހުމުން އެކަމުން ސަލާމަތްވުމަށް އަޅާނެ މާސްކު އާންމުންނަށް ބެހުމުންނެވެ. މަހުލޫފު ވަނީ މުޒާހަރާ ކަވަރު ކުރުމަށްދާ ނޫސްވެރިންނަށްވެސް މާސްކު ބަހާފައި އެވެ.

މި ދައުވާގެ އިތުރުން މަހުލޫފުގެ މައްޗަށް ވަނީ އިތުރު ދައުވާތަކެއް ކޮށްފައި އެވެ. އޭގެ ތެރޭގައި ހިމެނެނީ މާފުށީ ޖަލު ކައިރިއަށް މީހުން ގޮވައިގެން އެއްވި މައްސަލައިގަ ޓެރަރިޒަމްގެ ދައުވާ އާއި ދެ ޓުވީޓެއްގެ މައްސަލައިގެ އިތުރުން މި މައްސަލަ އެވެ.

މަހުލޫފު ގޭ ބަންދުގައި ހުންނެވީ މާފުށީ ޖަލު ކައިރިއަށް މީހުން ގޮވައިގެން އެއްވި މައްސަލައިގަ ޓެރަރިޒަމްގެ ދައުވާގެ ޝަރިއަތް ނިމެންދެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް