ދުވަހުގެ ރެސްޓޯރެންޓް ސެގްމެންޓްގައި މިއަދު މި ގެނެސްދެނީ މަޖީދީ މަގުގައި ހުންނަ ސްކައި ފޯރ ގެ ރޯދަވީއްލުމުގެ މެނޫ އެވެ.
ދުވަހުގެ ރެސްޓޯރެންޓް ސެގްމެންޓްގެ ގައިޑްލައިނާއި އެއްގޮތަށް މި ޕޯސްޓް ފޭސްބުކްގައި ޝެއަރ ކުރައްވައިގެން ދެ ބޭފުޅަކަށް ސްކައި ފޯރ އިން ރޯދަ ވީއްލުން ލިބުމުގެ ފުރުސަތު ލިބިގެން ދާނެ އެވެ.
ސްކައި ފޯރ ގެ ރޯދަ މެނޫއަށް ބަލާލާއިރު މެނޫގައި ތިން ސެޓްމެނޫއެއް ހިމަނާފައި ވެ އެވެ. އެއީ އާދީއްތަ ހޯމައަށް ވަކި މެނޫއެއް އަދި އަންގާރަ ބުދަ ބުރާސްފައްޗަށް ވަކި މެނޫއެއް އަދި ހުކުރު ހޮނިހިރަށް ވަކި ސެޓް މެނޫއެކެވެ.
ސްކައި ފޯރ ގައި ރިޒަވޭޝަން ހެއްދުމަށް ގުޅަންޖެހޭ ދެ ނަމްބަރަކީ 9984280 އަދި 7888797 އެވެ.
އެގޮތުން ތިން ސެޓް މެނޫއަށް ބަލާލާއިރު ކޮންމެ މެނޫއެއްގައިވެސް ތިން ވައްތަރުގެ ބުއިމާއި ސްޓާޓާގެ ގޮތުގައި ކަދުރާއި މިކްސް އޮމްލެޓާއެކު ހެދިކާގެ އިތުރުން ފްރެންޗް ފްރައިސް ހިމަނާފައި ވެ އެވެ. ތިން ސެޓް މެނޫގައިވެސް ތިން ވައްތަރެއްގެ ސެލެޑް ހިމަނާފައިވާއިރު ރޮށި، ފެންފޮޅި އަދި ފަރާޓާ ހިމަނާފައި ވެ އެވެ.
މެއިން ޑިޝެޝްގެ ގޮތުގައި ޓެރިޔަކީ ޗިކަން، ގްރިލްޑް ފިޝް، ޗިކަން ރޯސްޓް، އޮއިސްޓާ ބީފް، ބިރިޔާނީ ރައިސް، މޮންގޯލިއަން ނޫޑްލްސް އަދި ޕެޕަރ ޗިކަން އާއި ތައި ޗިލީ ފިޝް ހިމަނާފައި ވެ އެވެ.
މި މެނޫގައި ޑެޒަޓްގެ ގޮތުގައިވެސް ކޮންމެ ދުވަހަކު ތިން ބާވަތެއް ހިމަނާފައިވާއިރު ނިންމާލުމަށް ސައި ނުވަތަ ކޮފީ ހިޔާރު ކުރުމުގެ ފުރުސަތުވެސް މެނޫގައި ހިމަނާފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް