ތިލަފުށީ އިންޑަސްޓްރިއަލް ޒޯނުން ގުދަން ކުރުމަށާއި ސިނާއީ މަސައްކަތަށް ބިންތަކެއް ކުއްޔަށް ދޭން ނިންމައިފި އެވެ.
ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިޒެޑްއެލް) އިން ކުރި އިއުލާނެއްގައި ބުނެފައިވަނީ 11 ބިމެއް ކުއްޔަށް ދޫކުރަން ނިންމާފައިވާ ކަމަށެވެ. ކުއްޔަށް ދޫކުރަން ނިންމާފައިވާ ބިންތަކުގެ ސައިޒު އުޅެނީ 1،995 އަކަފޫޓާއި 20،067 އަކަފޫޓާ ދެމެދުގަ އެވެ.
އެކަމަށް ޝައުގުވެރިކަން ފާޅުކޮށް ގަންނަން ހުށަަޅާ ފަރާތްތަކަށް އެއް ފަހަރާ ގިނަވެގެން ތިން ބިން ގަންނަން ބީލަން ހުށަހެޅޭނެ ކަމަށް ބުނެފައިވެ އެވެ. އެ ކުންފުނިން ބުނީ ގަންނަން ބޭނުންވާ ކޮންމެ ބިމަކަށް ވަކިން ރަޖިސްޓްރީ ފީއެއްގެ ގޮތުގައި 200 ރުފިޔާ ދައްކަން ޖެހޭނެ ކަމަށެވެ.
އެކަމަކު އެއީ އަނބުރާ ދޭ ފައިސާ އެއް ނޫނެނެ. މީގެ އިތުރުން ބީލަން ހުށަހަޅާ ކޮންމެ ބިމަކަށް 5،000 ރުފިޔާގެ ބިޑް ސެކިއުރިޓީއެއް ހުށަހަޅަން ޖެހޭނެ އެވެ.
ބިޑް ސެކިއުރިޓީ ބަލައިގަތުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 11 ވަނަ ދުވަހުގެ 12:00 އަށް ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެ އެވެ. އޭގެ ކުރިން ބިޑް ސެކިއުރިޓީ ނުދައްކައިފި ނަމަ ބިޑް ހުށަހެޅުމުގެ ފުރުސަތެއް ނުލިބޭނެ އެވެ.
އެންމެ ފަހުން ތިލަފުށީ އިންޑަސްޓްރިއަލް ޒޯނުން ބިން ވިއްކުމަށް ހުޅުވާލީ 20016 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް