ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގެ ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެއްޖެ އެވެ.
ވިއްސާރައިގަ ފެންބޮޑުވެގެން ހިއްކުމުގެ މަސައްކަތް ކުރަނީ އައްޑޫ ސިޓީ ހިތަދޫ، ފޭދޫ ހުޅުދޫ އަދި ގދ. ތިނަދޫގައި އެވެ. ސިފައިންނާއި ފުލުހުން ބުނީ ވިއްސާރައިގަ އެ ރަށްރަށުގެ މަގުތަކުގައި އާއި ގޭގޭގައި ފެންބޮޑުވެގެން ރިޕޯޓުކޮށްފައިވާ ކަމަށެވެ.
ފެން ހިއްކުމުގެ މަސައްކަތް ފުލުހުންނާއި ސިފައިން ކުރަމުންދާއިރު ފުލުހުން ބުނީ ހިތަދޫގެ ދެ ގެއަކާއި ފޭދޫގެ ދެ ގެއަކަށާއި ހުޅުދޫގެ ދެ ގެއަކަށް ފެން ވަދެފައިވާ ކަމަށާއި ނަމަވެސް ހިފާ ގެންގުޅޭ އެއްވެސް އެއްޗަކަށް ގެއްލުން ވެފައި ނުވާ ކަމަށެވެ. އަދި ހުޅުމީދޫ އާއި ތިނަދޫގައި މަގުތަކުގައި ފެންބޮޑުވެގެން ޕަންޕު ޖަހައިގެން ފެން ހިއްކުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާ ކުރާގޮތުގައި ކުރިޔަށް އޮތް 24 ގަޑި އިރުވެސް މެދުރާއްޖެ ތެރެއާއި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ އެވެ. އަދި ވިލާގަނޑުގައި ގާތްގަނޑަކަށް 40 މޭލަށް ވައިގަދަ ވާނެ ކަމަށް ލަފާ ކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް