ބާޒާރު ލިލީ އަދި މާފަންނު އިހުސާން ފިހާރަ، ވަކި ވަގުތުތަކެއްގައި ދިޔަ މީހުން ކޮންޓެކްޓް ޓްރޭސިންއަށް މައުލޫމާތު ދެއްވާ

ބާޒާރު ލިލީ އަދި އިހުސާން ފިހާރަ ޗެއިންގެ މާފަންނު އިހުސާން ފިހާރައަށް ވަކި ވަގުތުތަކެއްގައި ދިޔަ މީހުން އަވަހަށް ކޮންޓެކްޓް ޓްރޭސިން އަށް މައުލޫމާތު ދިނުމަށް އިލްތިމާސް ކޮށްފިއެވެ. ގުޅުއްވަން ޖެހޭ ނަ...

20 Apr 2020 | 16:34

ބާޒާރު ލިލީ އަދި އިހުސާން ފިހާރަ ޗެއިންގެ މާފަންނު އިހުސާން ފިހާރައަށް ވަކި ވަގުތުތަކެއްގައި ދިޔަ މީހުން އަވަހަށް ކޮންޓެކްޓް ޓްރޭސިން އަށް މައުލޫމާތު ދިނުމަށް އިލްތިމާސް ކޮށްފިއެވެ.

ގުޅުއްވަން ޖެހޭ ނަމްބަރަކީ 1676 އެވެ. މެއިލް ނަމަ [email protected]  އެވެ.

ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީސޯސީ) ގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ރަފީގް ވިދާޅުވީ މިއަދު ޕޮޒިޓިވްވި ދިވެއްސެއް ކަމުގައިވާ ކޭސް 55 އަކީ ބާޒާރު ލިލީ ފިހާރައިގާ މަސައްކަތްކުރާ މީހެއް ކަމަށެވެ. އެހެންކަމުން މި މަހުގެ 13 ވަނަ ދުވަހާއި 14 ވަނަ ދުވަހު ހެނދުނު 06 އިން ރޭގަނޑު 08 އަށް އަދި 15 ވަނަ ދުވަހު ބާޒާރު ލިލީއަށް ދިޔަ ނަމަ އެކަން އެންގުން އެދޭ ކަމަށެވެ.

ދެން ބުނީ ކޭސް ނަމްބަރު 59 އަދި 60 އިތުރަށް ޑެލިވަރީގެ އިތުރުން މާފަންނު އިހްސާން ފިހާރައިގަވެސް މަސައްކަތް ކޮށްފައިވާކަމަށެވެ. އެހެންކަމުން މި މަހުގެ 15، 16 އަދި 17 ވަނަ ދުވަހު މާފަންނު އިހްސާން ފިހާރައަށް ވަޑައިގެންނެވި ބޭފުޅުން ކޮންޓެކްޓް ޓްރޭސިން އަށް މައުލޫމާތު ދިނުމަށް ޑރ. ނަޒްލާ ރަފީގް އެދިލެއްވިއެވެ.

ތަފްސީލް އަންނަނީ..

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް