އަނެއްކާވެސް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވައިޓް އެލާޓް ނެރެފި

ރ. އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާއި ހިސާބަށް މެޓް އޮފީހުން ވައިޓް އެލާޓް ނެރެފިއެވެ. މެޓް އޮފީހުން މި ސަރަހައްދަށް ވައިޓް އެލާޓް ނެރެފައިވަނީ، ބޯކޮށް ވާރޭ ވެހި، ވިލާގަނޑުގައި 40 މޭލަށް ވައިގަދަވެފައ...

20 Apr 2019 | 08:21

ރ. އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާއި ހިސާބަށް މެޓް އޮފީހުން ވައިޓް އެލާޓް ނެރެފިއެވެ.

މެޓް އޮފީހުން މި ސަރަހައްދަށް ވައިޓް އެލާޓް ނެރެފައިވަނީ، ބޯކޮށް ވާރޭ ވެހި، ވިލާގަނޑުގައި 40 މޭލަށް ވައިގަދަވެފައިވާތީއެވެ. އަދި އެ އޮފީހުން ބުނީ މި ސަރަހައްދަށް އުދަ އަރާނެ ކަމަށްވެސް ލަފާކުރެވޭ ކަމަށެވެ.

މެޓް އޮފީހުން މި ސަރަހައްދަށް ވައިޓް އެލާޓް ނެރެފައިވަނީ މިއަދު މެންދުރު 12:45 އިން ފެށިގެން ހަވީރު 16:30 ގެ ނިޔަލަށެވެ.

https://twitter.com/MetMaldives/status/1119513167183220736

މި ދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކަށް ދަނީ ބޯކޮށް ވާރޭ ވެހެމުންނެވެ. ބައެއް ރަށްރަށަށް އުދަ އަރައި، އަނެއްބައި ރަށްރަށަށް ކޮޅިގަނޑު އައިސްގެން މީހުންގެ ގެ ދޮރަށް ގެއްލުން ވެފައިވާކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް