ވިހެއުމުން ލިބޭ ހަ މަހުގެ ޗުއްޓީ މޯލްޑިވިއަންގެ މުވައްޒަފުންނަށް ވެސް ދެނީ

މި ސަރުކާރުގެ ރިޔާސީ ވައުދެއް ކަމުގައިވާ، ސަރުކާރު އޮފީސްތަކުގައި މަސައްކަތްކުރާ ކޮންމެ އަންހެނަކަށް ވިހެއުމުން ލިބޭ ހަ މަހުގެ ޗުއްޓީ މޯލްޑިވިއަންގެ މުވައްޒަފުންނަށްވެސް ދޭން ނިންމައިފިއެވެ. މި ކަން އ...

20 Apr 2019 | 07:47

މި ސަރުކާރުގެ ރިޔާސީ ވައުދެއް ކަމުގައިވާ، ސަރުކާރު އޮފީސްތަކުގައި މަސައްކަތްކުރާ ކޮންމެ އަންހެނަކަށް ވިހެއުމުން ލިބޭ ހަ މަހުގެ ޗުއްޓީ މޯލްޑިވިއަންގެ މުވައްޒަފުންނަށްވެސް ދޭން ނިންމައިފިއެވެ.

މި ކަން އިއުލާނުކުރީ ރޭ މޯލްޑިވިއަންގެ 19 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަފްލާއެއްގައި ވާހަކަފުޅު ދައްކަވަމުން މޯލްޑިވިއަންގެ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރު އައިޝަތް ޖެނިފާ އެވެ.

https://twitter.com/MaldivianAero/status/1119270355414110208

މި ހަފްލާގައި ވާހަކަ ދައްކަވަމުން ޖެނިފާ ވިދާޅުވީ، ރެއިން ފެށިގެން އެކުންފުނީގެ އަންހެން މުވައްޒިފުންނަށް ވިހެއުމުންދޭ ޗުއްޓީ ހަ މަހަށް، އަދި ބައްޕައަކަށް ވާ ފިރިހެނުންނަށް ރެއިން ފެށިގެން އެއް މަސްދުވަސް ލިބޭނެކަމަށެވެ.

ސަރުކާރުގެ ހުރިހާ މުވައްޒަފުންނަށް މެޓާނިޓީ ލީވް އަދި ޕެޓާނިޓީ ލީވް ލިބޭއިރު، އަމިއްލަ ކުންފުނިތަކުންވެސް މުވައްޒަފުންނަށް މެޓާނިޓީ އަދި ޕެޓާނިޓީ ލީވް ލިބޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް