ވިލާ ކޮލެޖުގެ އޯޔޫއެމް ދަރިވަރުންގެ ކޮންވޮކޭޝަން ޖަލްސާ ބާއްވައިފި

ވިލާ ކޮލެޖުން އޯޕަން ޔުނިވަރސިޓީ މެލޭޝިއާ (އޯޔޫއެމް)ގެ ދަރިވަރުންނަށް ކޮންވޮކޭޝަން ޖަލްސާ މިއަދު ބާއްވައިފިއެވެ. މި ޖަލްސާއަކީ އޯޔޫއެމްގެ ދަރިވަރުންނަށް ވިލާ ކޮލެޖުގައި ބޭއްވޭ އެންމެ ފަހު ކޮންވޮކޭޝަން...

20 Apr 2019 | 06:02

ވިލާ ކޮލެޖުން އޯޕަން ޔުނިވަރސިޓީ މެލޭޝިއާ (އޯޔޫއެމް)ގެ ދަރިވަރުންނަށް ކޮންވޮކޭޝަން ޖަލްސާ މިއަދު ބާއްވައިފިއެވެ.

މި ޖަލްސާއަކީ އޯޔޫއެމްގެ ދަރިވަރުންނަށް ވިލާ ކޮލެޖުގައި ބޭއްވޭ އެންމެ ފަހު ކޮންވޮކޭޝަން ޖަލްސާއެވެ. މި ހަފްލާ ބާއްވައިފާވަނީ ވިލާ ކޮލެޖުގެ ކިޔު އައި ކެމްޕަހުގައެވެ.

މި ހަފްލާގައި އޯޕަން ޔުނިވަރސިޓީ މެލޭޝިޔާގެ ވައިސް ޗާންސެލަރ، ޕްރޮފެސަރ ޑރ. މަންސޫރ ފާޟިލް ވަނީ ބައިވެރިވެވަޑައިގެން، ދަސްވަނިންނާއި މުޚާތަބުކޮށް ވާހަކަފުޅު ދައްކަވާފައެވެ.

މި ކޮންވޮކޭޝަންގައި އޯޕަން ޔުނިވަރސިޓީ މެލޭޝިޔާގެ ޕްރޮގްރާމްތަކުން 77 ދަރިވަރުން  ވަނީ ދަސްވެނިވެފައެވެ. ފެކަލްޓީ އޮފް ބިޒްނަސް މެނޭޖްމެންޓާއި ފެކަލްޓީ އޮފް އެޑިއުކޭޝަނަލް ސްޓަޑީޒްގެ އިތުރުން ފެކަލްޓީ އޮފް އިންފޮމޭޝަން ޓެކްނޮލޮޖީގެ ދަރިވަރުންވަނީ މި ހަފްލާގައި ދަސްވެނި ވެފައެވެ.

ވިލާ ކޮލެޖުން ބުނީ، މުޅި ރާއްޖޭގައިވާ ވިލާ ކޮލެޖުގެ އެކި ކެމްޕަސްތަކުން ދަސްވެނިވެގެން ނުކުންނަ އިތުރު ދަރިވަރުންތަކެއް މި ޖަލްސާގައި ފެނިގެންގޮސްފައި ވާކަމަށެވެ. މި ކުދިންނަކީ ތަޢުލީމާއި ހުނަރުވެރިކަމުގެ ދާއިރާއިން ފަންނުވެރިކަން ހާސިލްވެފައިވާ، މަސައްކަތުގެ މާޙައުލުގައި ތަފާތު ދައްކާނެ ދަރިވަރުންތަކެއް ކަމަށް ވިލާ ކޮލެޖުން ބުންޏެވެ.

މި ހަފްލާ ވެގެންގޮސްފައިވަނީ އެންމެހާ ދަސްވެނިންނާއި ކޮލެޖުގެ އެންމެހާ މުވައްޒަފުން އުފަލާއެކު އިންތިޒާރު ކުރަމުންއައި، ނުހަނު ކުލަގަދަ ހަފްލާއެއްގެ ގޮތުގައި ކަމަށް ވިލާ ކޮލެޖުން ސިފަކުރިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް