ގިނަ އަދަދެއްގެ ފައިސާ އާއި އެޕަލް ގަޑިއެއް ވަގަށް ނެގި މީހަކު ރ.އަލިފުށިން ހައްޔަރުކޮށްފި

ރ. އަލިފުށިން ގިނަ އަދަދެއްގެ ފައިސާ އާއި އެޕަލް ގަޑިއެއް ވަގަށް ނެގި މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ. ފުލުހުން މައުލޫމާތު ދިން ގޮތުގައި، މި މީހާ ވަގަށް ނަގާފައި ވަނީ 19000 ރުފިޔާ ކަމަށާއި އޭގެތެރެ...

20 Apr 2019 | 05:16

ރ. އަލިފުށިން ގިނަ އަދަދެއްގެ ފައިސާ އާއި އެޕަލް ގަޑިއެއް ވަގަށް ނެގި މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި، މި މީހާ ވަގަށް ނަގާފައި ވަނީ 19000 ރުފިޔާ ކަމަށާއި އޭގެތެރެއިން 13500 ރުފިޔާ އެމީހާގެ އަތުން ހޯދާފައިވެއެވެ. މީގެ އިތުރުން އެޕަލް ގަޑިވެސް ފެނިފައިވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ރޭ ފުލުހުން ހައްޔަރުކޮށްފައި ވަނީ 34 އަހަރުގެ ފިރިހިނެކެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި، އެ ތަކެތި ފެނިފައިވަނީ އޭނާ ފައިބަރު މަސައްކަތް ކުރާ ތަނުގެ ކައިރީގައި ފޮރުވާފައިވަނިކޮށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް