ނަގޫ ރޯޅިއެއް އަރައި ފޮނަދޫ ބައެއް ގެތަކަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ
ލ. އަތޮޅަށް ރެއިންސުރެ ވިއްސާރަ ކުރަމުން އަންނައިރު އެ ރަށަށް އެރި ނަގޫރޯޅިއެއްގައި ބައެއް ގެތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.
ދުވަހަށް މައުލޫމާތުދެމުން އެ ރަށުން ވާހަކަދެއްކި މީހަކު ބުނީ މީހުން ނިދަން ތިއްބައި، ހަތަރު ގެއެއްގެ ފުރާޅު އެއްލާލައި، އެ ގެތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށެވެ. އަދި ބައެއް ރުށްގަސްވެސް ވެއްޓިފައިވާކަމަށެވެ. ނަގޫ ރޯޅީގެ ގެއްލުން ލިބިފައިވަނީ އެ ރަށު ބަރާސިލު އަވަށުގެ ގެ ތަކަކަށެވެ.
"ރޭ 11 ޖެހީއްސުރެ ވާރޭ ވެހެމުން ދަނީ، ބޮޑަށް ބެލެވެނީ ހަމަ ނަގޫރޯޅިއެއް ކަމަށް، ކުއްލިއަކަށް ހިނގި ކަމެއް މީ" ފޮނަދޫން ވާހަކަދެއްކި މީހާ ބުންޏެވެ.
މިކަން ހިނގާފައިވަނީ ފަތިސް ގަޑީގައެވެ. ގެއްލުންވި ގެތަކުގެ ރައްޔިތުންނަށް، ފޮނަދޫގައި ގާއިމްކޮށްފައިވާ ޕޮލިސް ސްޓޭޝަންގެ ފުލުހުންނާއި އެ ރަށުގެ އާއްމު ރައްޔިތުން މިހާރު އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
ތަފްސީލް އަންނަނީ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް