ނ. ކެނދިކުޅުދޫގައި ކުންނާރު އޮށެއް ކަރުގައި ތާށިވެގެން ކުޑަކުއްޖަކު މަރުވެއްޖެ އެވެ.
މަރުވެފައިވަނީ އެ ރަށު ގޮނޑުމަތީގެއާގެ، އައިޝަތު އާލާ އަންވަރު 6، އެވެ. އެ ކުއްޖާ މަރުވީ މިރޭ ގާތްގަނޑަކަށް ހަތެއް ޖަހާކަށް ހާއިރު އެވެ.
އެ ރަށު ކައުންސިލް މެންބަރަކު ވިދާޅުވީ ކުންނާރު އޮށް ކަރުގައި ތަށިވުމުން އޭނާ އެންމެ ފުރަތަމަ ދިޔައީ މަންމަ ކައިރިއަށް ކަމަށެވެ. އަދި ވަގުތުން އެ ރަށު ސިއްހީ މަރުކަޒަށް ގެންދިޔަ ކަމަށާއި ގެންދިޔައިރުވެސް ނޭވާ ލަނީ ވަރަށް އުނދަގުލުން ކަމަށެވެ.
އާލާ މަރުވީ މަރުކަޒަށް ގެންގޮސް ފަރުވާދޭން ފެށިތާ މާގިނަ އިރުތަކެއް ނުވެ އެވެ.
އާލާ ކުންނާރު ކެއީ ހަވީރު ކުދިންތަކަކާއި އެކު ގޭ ކައިރީގައި ކުޅެން އުޅެމުން ކަމަށްވެ އެވެ.
އާލާގެ ހަށިގަނޑު އަދި އޮތީ އެ ރަށު ސިއްހީ މަރުކަޒުގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް