ބޮޑުކަމު ދިއުމުގެ މައްސަލަ އަކީ ހުރިހާ އުމުރެއްގެ މީހުންނަށްވެސް ދިމާވާ މައްސަލައެކެވެ.
ކޮންމެ އެއްޗެއް ކެއަސް އެ މައްސަލަ ހައްލު ނުވާ މީހުން އުޅެ އެވެ. އެފަދަ މީހުންނަށްވެސް ކެއުމުގެ ކުރިން މިކަންކަން ކުރުމުން ބޮޑު ކަމު ދިއުމަށް ފަސޭހަ ވާނެ ކަމަށް ބުނެ އެވެ.
ބޮޑު ކަމުދިއުމުގައި މައްސަލަ ދިމާނުވާނެ އެއް ހައްލަކީ ގިނައިން ފެން ބުއިމެވެ. ހަށިގަނޑަށް ބޭނުންވާ ވަރަށް ފެން އަބަދުވެސް ބޯނަމަ ބޮޑުކަމު ދިއުމުގައި މައްސަލައެއް ދިމާ ނުވާނެ އެވެ. ފެނަކީ ހަމައެކަނި ހަރު އެއްޗެހި ހަޖަމްވުން އަވަސްކޮށްދޭ އެއްޗެއް ނޫނެވެ. ގިނައިން ފެން ބޯނަމަ ހަށިގަނޑަށް އަބަދުވެސް ހުންނާނީ ނިއުޓްރިއެންޓްސް ލިބި ލިބި އެވެ.
އެހެންވެ ކައިގެން ބޮޑުކަމު ދެވުމަށް ފަސޭހަ ކުރުމުގެ ގޮތުން ކެއުމުގެ 30 މިނެޓު ކުރިން ފެން ބުއިމަށް އާދަ ކުރާށެވެ.
ފެނެކޭ އެއްގޮތަށް ކެއުމުގެ 30 މިނެޓު ކުރިން ގްރީން ޓީއެއް ބޯލުމަކީވެސް ބޮޑުކަމުދާން ފަސޭހަވާނެ ކަމެކެވެ. ގްރީން ޓީ އަކީ ވަރަށް ވަރުގަދަ އެންޓީއޮކްސިޑަންޓެއް ހުންނަ އެއްޗެކެވެ. ކެއުމުގެ ކުރިން ގްރީން ޓީއެއް ބޯލުމުން ހަށިގަނޑުގެ ހުރިހާ ގުނަވަނަކަށް ހަކަތަ އާއި ބާރު ލިބި ބޮޑުކަމުދާން ފަސޭހަވާނެ އެވެ.
ކެއުމުގެ 30 މިނެޓު ކުރިން ރަހަ ގަދަ އެއްޗެއް ކެއުމަކީ ރަނގަޅު ކަމެކެވެ. އޭގެ ތެރޭގައި ވިނިގާ ކަހަލަ އެއްޗިއްސަށް ފެން ކޮޅެއް އަޅާލުމަށް ފަހު ބޯލާށެވެ. އޭރުން ބޮޑުކަމުދާ ވަގުތު ހަޖަމް ނުވެ ހުންނަ ކާއެއްޗެހި ކުދި ކުދިވުމަށް އެހީވެދޭނެ އެވެ. އަދި ގޭސްޓްރިކްގެ މައްސަލަ ހައްލުވާނެ އެވެ.
މިކަންކަން ތަޖުރިބާ ކޮށްލަ ބަލާށެވެ. ތަޖުރިބާކާރުން ބުނާގޮތުގައި ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ބޮޑުކަމުދާން ފަސޭހަވެ ބަދަލު ފެންނަން ފަށާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް