ރޭ ގުޅި އާއި ހަމޭލު ބޭރުން ދެ ލޯންޗު ޖެހި ހިނގި އެކްސިޑެންޓުގައި ގެއްލުނު މީހާ ކަނޑު އަޑީގައި މަރުވެފަ އޮއްވަ ފެނިއްޖެ އެވެ.
ގެއްލިގެން ހޯދަމުން ދިޔައީ އޭގެން އެއް ލޯންޗުގެ ކެޕްޓަން އެވެ. އެއީ ދ. ކުޑަހުވަދޫ އަހުމަދު މުހައްމަދެވެ.
އެމްއެންޑީއެފުން ބުނީ އަހުމަދު ފެނުނީ 45 މީޓަރު އަޑީގައި އޮއްވައި، ކޯސްޓް ގާޑުގެ ޑައިވަރުންނަށް ކަމަށެވެ. އަދި އެ މީހާގެ ހަށިގަނޑު މާލެ ގެނެސް މިހާރު ވަނީ އޭޑިކޭ ހޮސްޕިޓަލަށް ގެންގޮސްފައި އެވެ. އޭނާ ފެނުނު ތަނުން ލޯންޗުގެ ހުންގާނުވެސް ފެނިފަ ވެއެވެ.
އޭނާ މަރުވެފަ އޮއްވަ ފެނިފައި މިވަނީ ގެއްލިގެން ހޯދަމުންދާތާ 12 ގަޑި އިރު ފަހުންނެވެ.
މިހާދިސާގައި އަނިޔާވި ބިދޭސީ އަކު ރޭ މާލެ ގެނެސް ފަރުވާ ދެމުން ދަނިކޮށް އޭޑީކޭ ހޮސްޕިޓަލުގައި ވަނީ މަރުވެފައި އެއީ އެއީ ލޯންޗުގައި ފަޅުވެރިއެއްގެ ގޮތުގައި މަސައްކަތް ކުރި ބަންގްލަދޭޝް ރައްޔިތެކެވެ.
މި އެކްސިޑެންޓުގައި އަނިޔާވެގެން އިތުރު ހަތަރު މީހަކަށްވެސް ހޮސްޕިޓަލްގައި ފަރުވާދީފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް