ދިވެހިރާއްޖޭގައި މިހާރު މިއޮތް ވެރިކަމާއިމެދު ކިތަންމެ ހިތްހަމަ ނުޖެހިފައި ތިބި ނަމަވެސް ރާއްޖެއަށް އެހެން ދީން ތަކާ ފިކުރުތައް ވެއްދުމަށް އެތެރެއިންނާއި ބޭރުން ކުރެވޭ ހުރިހާ މަސައްކަތަކަށް ހުރަސްއެޅުންމަތީ ދިވެހިން ދެމިތިބޭނެ ކަމުގައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
އުމަރު މިހެން ވިދާޅުވެފައިވަނީ އޭނާގެ ފޭސްބުކް އެކައުންޓްގައި ލިޔެފައިވާ ޕޯސްޓެއްގައި އެވެ.
އެ ޕޯސްޓްގައި އުމަރު ވިދާޅުވެފައިވަނީ އެހެން ދީންތައް ރާއްޖޭގަ ނެތިގެން، އީޔޫ އިން ދޭތެރެ ދޭތެރެ އިން ނެރުވައްމުން ގެންދަވާ ބަޔާންތަކަކީ ނުހަނު ކަންބޮޑުވާ ބަޔާންތަކަކަށް ވެއްޖެ ކަމަށާއި ރާއްޖޭގެ ވެރިކަމާ މެދު އެތައް ބަޔަކު ހިތްހަމަނުޖެހިފައިވ މި ދަނޑިވަޅުގެ ބޭނުން ހިފައިގެން، ސަރުކާރަށް އޮތް ނަފްރަތުގެ އޮއިވަރުގެ ތެރޭން ރާއްޖެއަށް އެހެން ދީންތައް ވެއްދުމަށް އީޔޫއިން މި ކުރާ މަސައްކަތަކީ ދިވެހިން ވަރަށް ފާރަވެރިވެ ތިބެން ޖެހޭ ކަމެއް ކަމަށެވެ.
"އެހެން ދީންތައް ރާއްޖެއަށް ވެއްދުމަށް ކުރެވޭ މަސައްކަތަކީ ވަރަށް ޒަމާން ވީ މަސައްކަތެކެވެ. ލާދީނީ ފިކުރުގަ ތިބި ސިޔާސީ ލީޑަރުންނަށް އެކި ގޮތްގޮތުން އެހީވެދީގެން، މި ގައުމަށް އެހެން ދީންތައް ވައްދާ، ބަނގުރަލާ، އަފިހުނާ، ޑިސްކޯގެ ނައިޓް ކްލަބްތައް ހުއްދަކޮށް، ދިވެހި މުޖްތަމައު ދީނުން ބޭރުކުރުމުގެ މަސައްކަތަކީ ކޮންމެ ދިވެއްސަކު އެކަމަށް ސަމާލުވާންޖެހޭ ކަމެކެވެ." އުމަރު ވިދާޅުފައި ވެ އެވެ.
އުމަރު އިތުރަށް ވިދާޅުވެފައިވަނީ މަރުގެ އަދަބު ނުދިނުމަށް ގޮވާލާ ބައެއް ގައުމުތަކަކީ އެމީހުންގެ ބޮން އަޅާ ޖެޓްތަކުން ކުށެއް ނެތް މައުސޫމް އެތައް ބަޔަކު، ޝަރީއަތެއްނެތި މަރުގެ އަދަބު ކޮންމެ އަހަރަކު ދެމުން ގެންދާ ގައުމުތައް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް