ކޯވިޑް-19: ރާއްޖެއިން ޕޮޒިޓިވް ވި 13 މީހުންގެ ތެރެއިން ދެ މީހަކު ރަނގަޅު ވެއްޖެ

ކޯވިޑް-19 ނުވަތަ ކޮރޯނާ ވައިރަހަށް ރާއްޖެއިން ޕޮޒިޓިވް ވެފައިވާ 13 މީހުންގެ ތެރެއިން ދެމީހަކު ރަނގަޅު ވެފައިވާކަމަށް ހެލްތު މިނިސްޓަރު އަމީން ވިދާޅުވެއްޖެއެވެ. އަމީން ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލުގ...

20 Mar 2020 | 15:41

ކޯވިޑް-19 ނުވަތަ ކޮރޯނާ ވައިރަހަށް ރާއްޖެއިން ޕޮޒިޓިވް ވެފައިވާ 13 މީހުންގެ ތެރެއިން ދެމީހަކު ރަނގަޅު ވެފައިވާކަމަށް ހެލްތު މިނިސްޓަރު އަމީން ވިދާޅުވެއްޖެއެވެ.

އަމީން ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލުގައި ކޯވިޑް-19: އަށް ހާއްސަ އައިސީޔޫގައި ފަރުވާ ދެމުން ދިޔަ ދެމީހަކު ބައްޔަށް ނެގަޓިވް ވެފައިވާކަމަށެވެ. އެއީ އެންމެ ބޮދަށް ހާލު ސީރިއަސްވި70 އަހަރުގެ އިޓަލީ ފިރިހެނަކާއި އޭނާގެ އަންހެނުންނެވެ.

އަމީން ވިދާޅުވީ އެ ދެމީހުންގެ ގައިގަ ކޯވިޑް-19 ނެތްކަން ޔަގީން ކުރަން ފުރަތަމަ ޓެސްޓު ކުރީ އިއްޔެ ކަމަށެ. އަދި އެ ނަތީޖާ ނެގެޓިވްވުމުން މިއަދު އަލުން ޓެސްޓު ކުރިކަމަށާއި ރަނގަޅުވިކަން އިއުލާނު ކުރީ ދެ ފަހަރަު ޓެސްޓުގެ ނަތީޖާ ނެގެޓިވްވުމުން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މިއީ ރާއްޖޭގެ ހިއްސީ ނިޒާމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

އެ ދެމަފިރިން ދެން ބަދަލު ކުރާނީ ސަރުކާރުގެ ކަރަންޓީން ފެސިލިޓީއަކަށެވެ. އޭގެ ފަހުން14 ދުވަހު އެތަނުގައި ކަރަންޓީން ކުރުމަށް ފަހު އަލުން ކޯޓިވޑް-19 އަށް ޓެސްޓު ކުރާނެ އެވެ.

ހޮސްޕިޓަލްގައި އެމީހުންނަށް ފަރުވާދިން އަޖީއެމްއެޗުގެ ނޭވާލާ ނިޒާމުގެ ޑޮކްޓަރު މޫސާ އިސްމާއިލް ވިދާޅުވީ އެމީހަށް ގައުމަށް އެނބުރި ދިއުމުގެ ހުއްދަ ދޭނީ30 ދުވަހު މޮނިޓާ ކުރުމަށް ފަހު ކަމަށެވެ. އޭނާ ވިދާޅުވީ އެެންމެ ހާލު ބޮޑުވި މީހަށް ޖެހުނީ ނިއުމޯނިއާ ކަމަށާއި އެމީހާ ފަރުވާ ދިނުމަށް ރާޢްޖެއިން ބޭރުގައި ގައުމުތަުގައި ބޭނުން ކުރާ ބޭސްތައް ދެނެގަނެ އެ ބޭސްތައް ދީފައިވާ ކަމަށެވެ.

މިނިސްޓަރު އަމީން ވިދާޅުވީ މި ދެމީހުންގެ ިއތުރުން ދެން ތިބި11 މީހުންވެސް ބަލިން ސަލާމަތް ކުރެވޭނެ ކަމުގެ އުންމީދު ސިއްހީ ދާއިރާއަށް އެބައޮތް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް