ކޯވިޑް-19: ޕެރެޑައިސް ރިސޯޓުން ޓެސްޓު ކުރި އެންމެން ނެގެޓިވް

ޕެރަޑައިސް އައިލެންޑް ރިސޯޓުން ކޮރޯނާ ވައިރަހަށް ޓެސްޓު ކުރި އެންމެން ބައްޔަށް ނެގެޓިވް ވެއްޖެ އެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ބުނީ އެ އެންމެން ނަތީޖާ ނެގެޓިވް ވުމުން އާންމު އުސޫލުން ރ...

20 Mar 2020 | 09:02

ޕެރަޑައިސް އައިލެންޑް ރިސޯޓުން ކޮރޯނާ ވައިރަހަށް ޓެސްޓު ކުރި އެންމެން ބައްޔަށް ނެގެޓިވް ވެއްޖެ އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ބުނީ އެ އެންމެން ނަތީޖާ ނެގެޓިވް ވުމުން އާންމު އުސޫލުން ރިސޯޓު ހުޅުވާލާފައިވާ ކަމަށެވެ.

އެ ރިސޯޓުން ބައްޔަށް10 މީހަކު ޓެސްޓު ކުރި އެވެ. އެއީ ދެ ޓޫރިސްޓޫންނާއި އަށް ދިވެހި މުވައްޒަފުންނެވެ.

https://twitter.com/HPA_MV/status/1240891425228636161

ވައިރަހަށް ޝައްކު ކުރެވޭ މީހުން ފެނިގެން ޓެސްޓުގެ ނަތީޖާ ލިބެންދެން މިހާރު މޮނިޓަރިންގައި އޮތީ އއ ބޮޑުފުޅަދޫ އަދި އެކުއެޓާ ސަފާރީ އެވެ. ބޮޑުފުޅާދޫން ބިދޭސީއަކު ވައިރަހަށް ޓެސްޓު ކުރާއިރު ސަފާރީން ޓެސްޓު ކުރަނީ ދިވެއްސެކެވެ.

މިހާތަނަށް ރާއްޖެއިން13 މީހަކު ބައްޔަށް ޕޮސިޓިވްވެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް