ބިދޭސީއެއްގެ ފޯނު ފޭރިގަތް ކުއްޖަކު ހައްޔަރުކޮށްފި

މާލޭގައި ބިދޭސީއެއްގެ އަތުން ފޯނު ފޭރިގަތް، 17 އަހަރުގެ ކުއްޖަކު ހައްޔަރުކޮށްފިއެވެ. މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނީ މިރޭ 07:15ހާއިރު ފަރީދީމަގު ފެންޓަސީ ސްޓޯރު ކައިރިން ބިދޭސީއެއްގެ އަތުނ...

20 Mar 2019 | 16:17

މާލޭގައި ބިދޭސީއެއްގެ އަތުން ފޯނު ފޭރިގަތް، 17 އަހަރުގެ ކުއްޖަކު ހައްޔަރުކޮށްފިއެވެ.

މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނީ މިރޭ 07:15ހާއިރު ފަރީދީމަގު ފެންޓަސީ ސްޓޯރު ކައިރިން ބިދޭސީއެއްގެ އަތުން ފޯނެއް ފޭރިގަތް 17 އަހަރުގެ ފިރިހެން ކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ.

މި ކުއްޖާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އެލްސިޔޯން ބޭކަރީ ކައިރިން ކަމުގައި ފުލުހުން ބުނެފައިވެއެވެ. އަދި މި ކުއްޖާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އޭނާ ލައިގެން ހުރި ޖިންސް ގެ ކަނާތު ފަރާތު ޖީބުން ވާވޭ ބްރޭންޑްގެ ފޯނެއް ފެނިފައިވާކަމުގައިވެސް ފުލުހުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް