އެސްއޯއެފުން ޑޮލަރު ޖަމާކުރި، ސިފައިންގެ ދެ އޮފިސަރަކު ގޭގައި މަޑުކުރަން އަންގައިފި

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ބޮޑު ހިޔާނާތުގެ ތަހުގީގީ ރިޕޯޓްގައި، އެސްއޯއެފުން ޑޮލަރު ޖަމާކުރިކަމަށް ބުނާ ސިފައިގެން ދެ އޮފިސަރަކު ގޭގައި މަޑުކުރަން އ...

20 Mar 2019 | 16:09

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ބޮޑު ހިޔާނާތުގެ ތަހުގީގީ ރިޕޯޓްގައި، އެސްއޯއެފުން ޑޮލަރު ޖަމާކުރިކަމަށް ބުނާ ސިފައިގެން ދެ އޮފިސަރަކު ގޭގައި މަޑުކުރަން އަންގައިފިއެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް ވަނީ މިކަން ދުވަހަށް ކަށަވަރުކޮށްދެއްވާފައެވެ.

އާޒިމް ވިދާޅުވީ ގޭގައި މަޑުކުރަން އަންގާފައިވަނީ މޭޖަރ އިބްރާހިމް ނަވީން ޒުބައިރާއި ސާޖަންޓް އިސްމާއިލް ޝަކީބަށް ކަމަށެވެ.

އާޒިމް ވިދާޅުވީ މި ދެ އޮފިސަރުން ގޭގައި މަޑުކުރަން އަންގާފައިވަނީ، އެންޓި ކޮރަޕްޝަން ކޮމިޝަނުން އާންމުކުރި ރިޕޯޓާއި ގުޅިގެން ސަރުކާރުން ބައްލަވަމުން ގެންދަވާ މައްސަލާގައި އެޅުއްވި ފިޔަވަޅެއްގެ ގޮތުންނެވެ.

ދެ އޮފިސަރަކާއިމެދު ފިޔަވަޅު އަޅާފައިމިވަނީ، ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތަށް މި މައްސަލައިގާ ފިޔަވަޅު އަޅުއްވާނެކަމުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވެފައިވަނިކޮށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް