މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯގެ) ވޭނެއް މަގުމަތިން ހުއްޓުވައި ދެ މިލިޔަނަށްވުރެ ގިނަ ރުފިޔާ ފޭރިގެންފިއެވެ.
މިކަމާއި ގުޅޭގޮތުން ފުލުހުންގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ. ނަމަވެސް މައުލޫމާތު ލިބިފައިވާގޮތުގައި މިފްކޯގެ ވޭނެއް ހުއްޓުވައި އެހާ ގިނަ ފައިސާ ފޭރިގެންފައިވަނީ މިއަދު މެންދުރުގެ ވަގުތެއްގައެވެ. އެ ވޭނުން ފައިސާ ފޭރިގަތީ މޫނު ނިވާކޮށްގެން ސައިކަލުގައި ދިޔަ ބައެކެވެ.
މިފްކޯގެ ވޭނަކުން މިއަދު ދެ މިލިޔަނަށްވުރެ ގިނަ ރުފިޔާ ފޭރިގެންފައިވާއިރު މި މަހުގެ 10 ވަނަ ދުވަހު ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) ކައިރިންވެސް ދެ މިލިޔަނަށްވުރެ ގިނަ ރުފިޔާ ފޭރިގެންފައިވެއެވެ. އެ މައްސަލައިގާ ހަ މީހަކު ހައްޔަރުކޮށްފައިތިބި ނަމަވެސް އަދިވެސް އެއް އެ ފައިސާ ފެނިފައި ނުވާކަމަށް މައުލޫމާތު ލިބެއެވެ.
ފޭރުން ގައުމުގައި އާންމުވަމުން އައިސް ރޯމާ ދުވާލު ފޭރެން މިވަނީ ފަށާފައެވެ. ނަމަވެސް މި ކަމަށް ދާއިމީ ހައްލެއް އަންނަ މަންޒަރު ފެނިގެންނެއް ނުދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް