ދަ ޑެކް ބަންދުކުރީ މަރާމާތު ކުރަން ކަމަށް މެނޭޖްމެންޓުން ބުނެފި

ދަ ޑެކް ރެސްޓޯރެންޓް ބަންދުކުރަން އެޗްޕީއޭއިން އަންގާފައި ނުވާ ކަމަށާއި، އެތަން ބަންދު ކުރީ މަރާމާތު ކުރަން ކަމަށް ރެސްޓޯރަންޓުގެ މެނޭޖުމަންޓުން ހާމަކޮށްފިއެވެ. ދަ ޑެކް އަކީ ކާނިވާ ސަރަހައްދުގައި ހުރި...

20 Mar 2019 | 09:58

ދަ ޑެކް ރެސްޓޯރެންޓް ބަންދުކުރަން އެޗްޕީއޭއިން އަންގާފައި ނުވާ ކަމަށާއި، އެތަން ބަންދު ކުރީ މަރާމާތު ކުރަން ކަމަށް ރެސްޓޯރަންޓުގެ މެނޭޖުމަންޓުން ހާމަކޮށްފިއެވެ.

ދަ ޑެކް އަކީ ކާނިވާ ސަރަހައްދުގައި ހުރި އެންމެ ސަފު ބަދިގެ ހުރި ރެސްޓޯރެންޓް ކަމަށް އެ ރެސްޓޯރެންޓް ގެ އިސް އޮފިޝަލަކު ވިދާޅުވިއެވެ. އަދި މޮޑެފައި ހުރި މަސްހުނި އެއްޗެއްގެ ތެރޭގައި ދިރޭ ފަންޏެއް އޮތުމަކީ ވަރަށް ނުވާނެ ކަމެއް ކަމަށާއި، ސޯޝަލް މީޑިއާގައި ދައުރުވަމުން ދާ ވީޑިއޯގައި ފެންނަނީ ގަސްގަހުގައި އުޅޭ ފަންޏެއް ކަމަށް ވެސް ވިދާޅުވިއެވެ.

ހަމައެއާއެކު ދަ ޑެކް އިން މީދަލެއް ފެނުނު ވާހަކަ އަކީވެސް ދޮގުވާހަކައެއް ކަމަށާއި، އެ މީދަލަކީ ބޭރުން އައިސް ވަތް މީދަލެއް ކަމަށް ޑެކްގެ އިސް އޮފިޝަލަކު ވިދާޅުވިއެވެ.

އަދި އެތަނުގެ އަގު ވައްޓާލަން ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވަހަކަތަކަކީ ހަގީގަތެއް އޮތް ވާހަކަތަކެއް ނޫންކަމަށާއި އެތަން ބަލައި ފާސްކުރުމުގެ ފުރުސަތު އަބަދުވެސް އެޗްޕީއޭއަށް އޮންނާނެކަމަށް މެނޭޖުމަންޓުން ހާމަކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް