ޕޯސްޓުން އެތެރެ ކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގަނެފި

ޕޯސްޓްގެ ޒަރީއާއިން ތަފާތު ފަސް ފަހަރެއްގެ މަތިން ރާއްޖެއަށް އެތެރެ ކުރަން އުޅުނު މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގަނެފިއެވެ. މި ތަކެތި އަތުލައިގަނެފައި ވަނީ ޕާރުސަލް ބަލައި ފާސްކުރުމުގެ ތެރޭގަ...

20 Mar 2019 | 09:08

ޕޯސްޓްގެ ޒަރީއާއިން ތަފާތު ފަސް ފަހަރެއްގެ މަތިން ރާއްޖެއަށް އެތެރެ ކުރަން އުޅުނު މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގަނެފިއެވެ. މި ތަކެތި އަތުލައިގަނެފައި ވަނީ ޕާރުސަލް ބަލައި ފާސްކުރުމުގެ ތެރޭގައި 10 މާރޗް 2019 ވީ އާދިއްތަ ދުވަހުއެވެ.

އެކްސްޓެސީ ނަމަކަށް ކިއުނު ޑްރަގެއް ވަނީ 4 ގައުމަކުން އެތެރެކޮށްފައެވެ. ޖަރުމަނު ވިލާތުން ވަނީ 6 ގްރާމްގެ 10 ގުޅަ އެތެރެކޮށްފައެވެ. ފަރަންސޭސިވިލާތުން ވަނީ 20 ގްރާމްގެ ޕައުޑަރ އެތެރެކޮށްފައެވެ. އަދި ދެފަހަރެއްގެ މަތިން ނެދަރލެންޑްސް އިން އެއްފަހަރު 62 ގްރާމްގެ ޕައުޑަރ، އަދި އަނެއްފަހަރު 15 ގްރާމްގެ 27 ގުޅަ ވަނީ އެތެރެކޮށްފައެވެ. މީގެ އިތުރުން ޔޫކޭ އިން 8 ގްރާމްގެ ޕައުޑަރ ވަނީ ގެނެސްފައެވެ.

މި ތަކެތީގެ ބަރުދަނުގައި ޖުމްލަ 111 ގްރާމް ހުރިއިރު، އަތުލައިގަނެވުނު މަސްތުވާ ތަކެއްޗާއި އެކު މި މައްސަލަ ތަހުގީގު ކުރުމަށްޓަކައި މިހާރު ވަނީ، މޯލްޑިވްސް ޕޮލިސް ސާވިސްއާ ހަވާލު ކުރެވިފައި ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް