ފްލެޓް ދޭނެ ކަމަށް ބުނެ ކުރަމުންދާ ފޯން ކޯލްތައް އޭސީސީގެ ސަމާލުކަމަށް

ފްލެޓް ދޭނެ ކަމަށް ބުނެ ކުރަމުންދާ ފޯން ކޯލް ތަކުގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ. މާލޭ ސަރަހައްދުން ގޯއްޗާއި ފްލެޓް ދޭނެ ކަމަށް ބުނެ ...

20 Mar 2019 | 09:05

ފްލެޓް ދޭނެ ކަމަށް ބުނެ ކުރަމުންދާ ފޯން ކޯލް ތަކުގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

މާލޭ ސަރަހައްދުން ގޯއްޗާއި ފްލެޓް ދޭނެ ކަމަށް ބުނެ ކުރަމުންދާ ފޯނު ކޯލުގެ މައްސަލައެ ކޮމިޝަންގެ ސަމާލުކަމަށް އައީ މީޑިއާތަކުން ކަމަށާއި، އެ ކޮމިޝަންގެ މެމްބަރުން އެކަމާ މަޝްވަރާކޮށް، އެ މައްސަލަ ބެލުމާމެދު ގޮތެއް ނިންމާނެ ކަމަށް އޭސީސީގެ އޮފިޝަލަކު މިއަދު ވިދާޅުވިއެވެ.

"ވެށިފަހި މާލެ" ޕްރޮގްރާމަށް ކުރިމަތިލައި ޝަރުތު ފުރިހަމަވި މީހުންނަށް ފްލެޓް ދޭން ނިންމާފައިވާ ކަމަށް ބުނެ އެމްޑީޕީއިން ކޯލްތަކެއް ކުރަމުންދާ ވާހަކަ ފެތުރިފައިވީ ނަމަވެސް އެމްޑީޕީން ބުނަނީ މާލޭ ސަރަހައްދުން ގޯއްޗާއި ފްލެޓް ލިބުނުކަމަށް ބުނެ އެމްޑީޕީގެ ފަރާތުން އެއްވެސް މީހަކަށް ގުޅާފައި ނުވާނެކަމަށެވެ.

އެހެންނަމަވެސް، އެ ޕްރޮގްރާމާއި ގުޅޭގޮތުން މިރޭ އޮންނަ ބައްދަލުވުމަށް ދައުވަތު ދިނުމަށް މީހުންނަށް ގުޅާފައިވާނެ ކަމަށް އެމްޑީޕީން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް