ކުނި އުކައިދީގެން ލިބެންޖެހޭ 72 މިލިއަން ރުފިޔާ ނުލިބޭ: ވެމްކޯ

ކުނި އުކައިދީގެން ލިބެންޖެހޭ 72 މިލިއަން ރުފިޔާ ނުލިބި އޮތް ކަމަށް ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) އިން ބުނެފިއެވެ. ވެމްކޯއިން ބުނިގޮތުގައި، ކުނި އުކާދީފައިވާ ގޭބިސީތަކާއި، ކުންފުނިތައް އަދި ސ...

20 Mar 2019 | 08:15

ކުނި އުކައިދީގެން ލިބެންޖެހޭ 72 މިލިއަން ރުފިޔާ ނުލިބި އޮތް ކަމަށް ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) އިން ބުނެފިއެވެ.

ވެމްކޯއިން ބުނިގޮތުގައި، ކުނި އުކާދީފައިވާ ގޭބިސީތަކާއި، ކުންފުނިތައް އަދި ސަރުކާރުގެ އިދާރާތަކުންވެސް ދައްކަންޖެހޭ ފައިސާ ވެމްކޯއަށް ދައްކާފައި ނުވާކަމަށެވެ.

މިހާރު ނޫހުގައި ރިޕޯޓު ކޮށްފައިވާގޮތުގައި، ހައުސިން މިނިސްޓްރީ އާއި އެންވަޔަރަމެންޓް މިނިސްޓްރީންވެސް ވެމްކޯއަށް މިލިއަނުން ފައިސާ ދޭންޖެހިފައިވެއެވެ. މީގެ އިތުރުން ތައުލީމީ ބައެއް އިދާރާތަކުންވެސް ވެމްކޯއަށް ދައްކަން ޖެހޭ ފައިސާ ދައްކާފައި ނުވާކަމަށް ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް