ދުވުން ނުވަތަ ބަރު އުފުލުން: ބަރުދަން ލުއިކުރަން އެންމެ ރަގަޅީ ކޮން ގޮތެއް؟

ބަރުދަން ލުއިކުރަން ބޭނުންވާ ގިނަ މީހުންގެ ހިތުގައި އުފެދޭ ސުވާލަކީ، ބަރުދަން ލުއި ކުރަން އެންމެ ރަގަޅީ ދުވުންތޯ ނުވަތަ ބަރު އުފުލުން ތޯއެވެ. މިތަނުން އެންމެ ރަގަޅު އަދި އެންމެ އަވަހަށް ނަތީޖާ ނެރެދެނ...

20 Mar 2019 | 07:59

ބަރުދަން ލުއިކުރަން ބޭނުންވާ ގިނަ މީހުންގެ ހިތުގައި އުފެދޭ ސުވާލަކީ، ބަރުދަން ލުއި ކުރަން އެންމެ ރަގަޅީ ދުވުންތޯ ނުވަތަ ބަރު އުފުލުން ތޯއެވެ. މިތަނުން އެންމެ ރަގަޅު އަދި އެންމެ އަވަހަށް ނަތީޖާ ނެރެދެނީ ކޮން ކަމަކަމަކުންތޯ ވަރަށް ގިނަ މީހުން ސުވާލު އުފައްދައެވެ.

ހަގީގަތުގައި ދެ ކަންތަކުންވެސް ނަތީޖާ ނިކުމެއެވެ. ބަރުދަން ލުއިކުރުމަކީ ހަށިގަނޑުގައި ހުންނަ ކެލޮރީސްތައް ދުއްވާލަން މަސައްކަތް ކުރުމެވެ. ހަށިގަނޑުގެ ބައްޓަން ރީތިކޮށް ބެހެއްޓުމަށް ކުރެވޭ މަސައްކަތެވެ.

ދުވުމުގެ ސަބަބުން ކެލޮރީތައް އެނދުމަށް މަސައްކަތް ކޮށްދެއެވެ. ނަމަވެސް ބަރުދަން ލުއި ކުރަން ކުރާ ޓްރެއިންގ ނުވަތަ ބަރު އުފުލުމުގެ ސަބަބުން ބަރުދަން ލުއިކުރުމުގެ ގޮތުން ހަށިގަނޑުގައި ހުރި ކެލޮރީތައް ދުއްވައިލަން ސަޕޯޓް ލިބިގެންދެއެވެ. 3500 ކެލޮރީ އަކީ 500 ގްރާމް ގެ ބަރުދަނެވެ. އެހެންކަމުން 500 ގްރާމް ލުއި ކުރުމަށް ހަފްތާއަކު މަދުވެގެން 3500 ކެލޮރީ ދުއްވާލަން މަސައްކަތްކުރަން ޖެހެއެވެ.

ދުވުމުގެ ސަބަބުން މުޅި ހަށިގަނޑަށް އޭގެ އަސަރުކުރެއެވެ. ނަމަވެސް ހަށިގަނޑު ލުއިވެ، ހިކޭކަމުގެ ނަތީޖާ ފެންނާނީ ހަށިގަނޑުގެ ބަރުދަން ހުރި މިންވަރަށް ބަލާފައެވެ. އަދި ކޮންމެ ދުވަހަކު ދުވާ ސްޕީޑްއަށް ވެސް ބަލާފައެވެ. ސައިންސްވެރިން ބުނާ ގޮތުގައި، 81 ކިލޯގެ މީހަކު 60 މިނެޓު ތެރޭގައި ދުވެގެން 691 ކެލޮރީ އަންދާލައެވެ.

ދުވެގެން އަނދާ ކެލޮރީ އަށް ވުރެ ބަރު އުފުލައިގެން ކުރާ ކަސްރަތުތަކުން ކެލޮރީ އަނދާ ވަރު މަދެވެ. ސައިންސްވެރިން ބުނާގޮތުގައި، 81 ކިލޯގެ މީހަކު 60 މިނެޓު ބަރު އުފުލައިގެން ކަސްރަތު ކޮށްފިނަމަ އަނދަނީ 281 ކެލޮރީއެވެ. ނަމަވެސް ބަރު އުފުލައިގެން ހަށިގަނޑުގައި އަދި ހާއްސަކޮށް އަތުގައި މަސްޖެހުމަށް އެހީތެރިވެދެއެވެ.

މީގެ ތެރެއިން ހަށިގަނޑު ހިއްކާލަން ބޭނުންކުރާނީ ކޮން ގޮތެއް ހެއްޔެވެ؟ އާންމު ގޮތެއްގައި ދެގޮތް ވެސް ބަރުދަން ލުއި ކުރުމަށް ބޭނުންކުރެވޭނެއެވެ. ނަމަވެސް އަވަހަށް އަދި އެންމެ އެދެވޭ ގޮތުގައި ހަށިގަނޑު ލުއި ކުރަން ބޭނުންނަމަ ދުވުމަކީ އެންމެ ރަގަޅު ގޮތެވެ. ދުވުމަށްފަހު ކޮނެމެވެސް ވަރަކަށް ކަސްރަތު ކުރަންވާނެއެވެ. އަދި އަވަހަށް ނަތީޖާ ނެރެން ބޭނުންނަމަ ކެއުމަށް ބަދަލު ގެނެސް، ރަގަޅު ޑައިޓެއް ނަގަންވާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް