އެމޭޒަން ޕްރައިމް 6 މަހަށް ހިލޭ ހޯދުމުގެ ފުރުސަތު އުރީދޫ ކަސްޓަމަރުންނަށް

އުރީދޫގެ ކަސްޓަމަރުންނަށް، 6 މަހާއި ހަމައަށް ހިލޭ އެމޭޒަން ޕްރައިމް ވީޑިއޯގެ މެމްބަރޝިޕް ލިބިގެންދާ ޚާއްސަ އޮފަރ އެއް އުރީދޫ އިން މިއަދު ހުޅުވާލައިފިއެވެ. މި އޮފާ ފަރުމާ ކޮއްފައިވަނީ އުރީދޫގެ ޚިދުމަތް...

20 Mar 2019 | 07:32

އުރީދޫގެ ކަސްޓަމަރުންނަށް، 6 މަހާއި ހަމައަށް ހިލޭ އެމޭޒަން ޕްރައިމް ވީޑިއޯގެ މެމްބަރޝިޕް ލިބިގެންދާ ޚާއްސަ އޮފަރ އެއް އުރީދޫ އިން މިއަދު ހުޅުވާލައިފިއެވެ.

މި އޮފާ ފަރުމާ ކޮއްފައިވަނީ އުރީދޫގެ ޚިދުމަތް ބޭނުންކުރަމުންދާ ކަސްޓަމަރުންނާއި އައު ކަސްޓަމަރުންނަށްވެސް ފައިދާތަކެއް އެކުލަވައިގެންނެވެ.އެގޮތުން މި އޮފަރ މެދުވެރިކޮށް، ކަސްޓަމަރުންގެ ޕެކޭޖުގެ ތެރެއިން، އެއްވެސް އިތުރު އަގަކާއި ނުލާ އެމޭޒަން ޕްރައިމް ވީޑިއޯ އަށް އަންލިމިޓެޑް އެކްސެސް ލިބޭނެއެވެ.

މި އޮފަރ އަށް ޝަރުތުހަމަނުވާ ކަމުގައި ވާނަމަ، ރާއްޖޭގެ %60 އަށް މިހާރު ހުޅުވާލެވިފައިވާ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑް ޕެކޭޖެއް ޚިޔާރުކޮއްގެން ނުވަތަ، އަންލިމިޓެޑް ކޯލް، އަންލިމިޑެޓް އެސް-އެމް-އެސް އަދި މާކެޓުގެ އެންމެ ފުރިހަމަ ޑޭޓާ އެލަވަންސްތައް ހިމެނޭ އުރީދޫ ޕޯސްޓްޕެއިޑް ޕްލޭނެއް ޚިޔާރުކުރެވޭނެއެވެ.

އަދި މައި އުރީދޫ އެޕް، އުރީދޫ ވެބްސައިޓް، ނުވަތަ ސުޕަނެޓް ޕޯޓަލް މެދުވެރިކޮށް އެމޭޒަން ޕްރައިމް ވީޑިއޯ އަށް ސައިން އަޕް ކުރެވޭނެއެވެ. އުރީދޫ މެދުވެރިކޮށް، ކުރިން މި ޚިދުމަތް ޚިޔާރުކޮށްފައިވާނަމަ، ކަސްޓަމަރަށް ލިބެންވާ ހިލޭ މެމްބަރޝިޕް، އުރީދޫ އިން އެކްޓިވޭޓްކުރެވޭނެއެވެ.

ހަމައެއާއެކު ޕްރައިމް ވީޑިއޯ އެޕް މެދުވެރިކޮށް، ދުނިޔޭގެ މަޤްބޫލުކަން ހޯދާފައިވާ ފިލްމް، ޓީވީޝޯ، ސްޓޭންޑް އަޕް ކޮމެޑީ، ކުޑަކުދިންގެ ޝޯތައް އަދި ބައިނަލްއަޤްވާމީ އެވޯޑުތައް ލިބިފައިވާ އެމޭޒަން ޕްރައިމް އޮރިޖިނަލް ޝޯތައްވެސް ބެލޭނެއެވެ.

އުރީދޫ މޯލްޑިވްސް އާއި އެމޭޒަން ޕްރައިމް ވީޑިއޯ ގުޅިގެން، ފާއިތުވެދިޔަ ޑިސެމްބަރ މަހު ވަނީ ރާއްޖޭގައި އެމޭޒަން ޕްރައިމް ވީޑިއޯ ފަސޭހަކަމާއި އެކު ހޯދޭ ޚިދުމަތެއް ތަޢާރަފްކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް