ސާފުތާހިރު ކަމުގެ މިންގަނޑާ ހިލާފުވުމުގެ ސަބަބުން "ދަ ޑެކް" ބަންދުކޮށްފިއެވެ.
އެގޮތުން، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ޑިރެކްޓަރު އަހުމަދު ނާސިރު ވިދާޅުވީ ދާދި ފަހުން "ދަ ޑެކް" ރެސްޓޯރެންޓުން މީހަކު އޯޑްރު ކުރި މަސްހުނީގައި ފުޅައެއް ފެނުނު މައްސަލަ ފެންމަތިވުމާ ގުޅިގެން، އެ އޭޖަންސީއިން އެ މައްސަލަ ވަނީ ބާލާފައި ކަމަށެވެ.
މީގެ ކުރިން ވެސް އެރެސްޓޯރެންޓުން ކާއެއްޗެހި ތަކެއްގެ މަތިން މީދަލެއް ވަނީ ފެނިފައެވެ.
އެހެންކަމުން، ސާފުތާހިރު ކަމުގެ މިންގަނޑާ ހިލާފުވެވައިވުމުން އެރެސްޓޯރެންޓު މިހާރު ވާނީ ބަންދުކޮށްފައި ކަމަށް ވެސް ނާސިރު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް