ހިސާނަށް ފުރިހަމަ އިތުބާރު އެބައޮތް: ރައީސް ނަޝީދު

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ތުޅާދޫ ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ކެނޑިޑޭޓް، އަދި ރައީސް ނަޝީދުގެ ގާނޫނީ ވަކީލު ހިސާން ހުސެއިނަށް ފުރިހަމަ އިތުބާރު އެބަ އޮތް ކަ...

20 Mar 2019 | 06:50

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ތުޅާދޫ ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ކެނޑިޑޭޓް، އަދި ރައީސް ނަޝީދުގެ ގާނޫނީ ވަކީލު ހިސާން ހުސެއިނަށް ފުރިހަމަ އިތުބާރު އެބަ އޮތް ކަމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

މި މޭރުމުން ރައީސް ނަޝީދު ޓްވީޓް ކުރައްވާފައިމިވަނީ ކުރިން ހިސާން މެންގޭގައި ކިޔަވަން ތިބި ކުދިންތަކަކަށް ހިސާން ގޯނާކޮށް، އެ ކުދިން ތިބި ކޮޓަރިން ކަރަންޓާއި ފެން ކަނޑާލާ، ކޮޓަރިއަށް ސިމެންތި ގަލެއް އެއްލާ، އަށް ފަހަރު ދޮރުގެ ތަޅު ހަލާކުކޮށްލި ކަމަށްބުނެ އެ ކުދިންގެ ތެރެއިން އެކަކު، ރައީސް ސޯލިހަށް ސިޓީއެއް ފޮނުވާފައިވަނިކޮށެވެ.

ރައީސް ނަޝީދު ވިދާޅުވެފައިވަނީ ތުޅާދޫ ދާއިރަށް ކުރިމަތިލައްވާފައިވާ ކެނޑިޑޭޓް ހިސާން ހުސެއިންގެ އަބުރު ނަގާލުމަށް ރޭވިގެން ހިންގާ ސިޔާސީ ހަރަކާތްތަކަކީ ފިނޑި އަދި ދަށު ދަރަޖައިގެ އަމަލުތަކެއް ކަމަށެވެ.

https://twitter.com/MohamedNasheed/status/1108252199098843136

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް