ނިއުޕޯޓުގެ އިތުރު ދެ ރެސްޓޯރަންޓެއް ހުސްކުރަން ނޯޓިސް އެއް ދީފައިވާ ކަމަށް ނިއުޕޯޓު ހިންގާ ސްޓްރާޑުން ބުނެފިއެވެ.
އެސްޓީއޯ އައިފާން ބިލްޑިންގައި ހުރި ރެސްޓޯރެންޓާއި ރާވެރިބޭ ކޮއްތުވެނި ގައި ހުރި ނިއުޕޯޓުގެ ރެސްޓޯރެންޓްތަން ހުސްކުރުމަށް މިމަހުގެ 19 ވަނަ ދުވަހުން ފެށިގެން ފަސް ދުވަހުގެ ނޯޓިސް އެއް ދީފައިވާކަމަށް ސްޓްރާޑުން ބުނެފައިވެއެވެ.
ނިއުޕޯޓުގެ އެގްރީމަންޓު ބުނާގޮތުގައި އެއްމަހުގެ ކުލި ނުދައްކައިފިނަމަ އެތަން ހުސްކުރަން ސަރުކާރަށް އެންގިދާނެއެވެ.
ނަމަވެސް، ނިއުޕޯޓްގެ މި ތިން ރެސްޓޯރެންޓް ހުސްކުރަން އަންގާފައިވާއިރު އެ ތަންތަނަށް ބަރާބަރަށް ކުލި ދައްކަމުން އަންނަ ކަމަށް ސްޓްރާޑުން ބުނެއެވެ.
މީގެ ކުރިން "ނިއިޕޯޓު ވިއު" ހުސްކުރަން އަންގާފައިވަނީވެސް އެތަނުން ކުލި ނުދައްކައިގެން ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް