ކަޒަކިސްތާނުގައި 30 އަހަރު ވެރިކަން ކުރަމުން ގެންދެވި ނޫރުސުލްތޯން ނަޒަރުބާޔޭފް، ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވައިފިއެވެ.
އުމުރުން 78 އަހަރުގައި، ނޫރުސުލްތޯން ނަޒަރުބާޔޭފް ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވާފައިވާއިރު، އޭނާ ވިދާޅުވީ، ރިޔާސީ ދައުރުގެ މުއްދަތު ހަމަވަންދެން، އޭނާގެ މަސްއޫލިއްޔަތުތައް އަދާކުރައްވާނީ ގެންދަވާނީ ކަޒަކްގެ ސެނެޓްގެ ޗެއާމަން ކަސިމްޖޮމާޓް ޓޮކަޔެވް ކަމަށެވެ.
އިސްތިއުފާ ދެއްވި ކަމުގައި ވިނަމަވެސް، ސަލާމަތީ މަޖިލިހުގެ އިތުރުން ޕާޓީގެ އިސް މަގާމުތަކުގައި ދެމިހުންނާނެ ކަމުގައާއި، އާ ލީޑަރުން ބިނާކުރެއްވުމުގެ ހިދުމަތުގައި ހުންނަވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ރައީސް ކަމުން އިސްތިއުފާ ދެއްވުމަކީ ފަސޭހަ ނިންމެވުމެއް ނޫން ކަމަށް ވެސް ނޫރުސުލްތޯން ނަޒަރުބާޔޭފް ވަނީ ފާހަގަ ކޮއްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް