ބަލިމަޑުކަން ކޮންޓްރޯލް ކުރެވިއްޖެ: ގއ. އަތޮޅު ހޮސްޕިޓަލް

ގއ. ވިލިނގިލީގައި ފެތުރެމުން އަންނަ ޑެންގީ، ވައިރަލް ހުން އަދި ޗިކަންގުންޏާއާއި، ކޮންޓުރޯލުވަމުން އަންނަ ކަމަށް ގއ.އަތޮޅު ހޮސްޕިޓަލުން ބުނެފިއެވެ. ފެތުރެމުން އަންނަ ބަލިމަޑުކަން މިހާރު ކޮންޓްރޯލް ކުރެ...

20 Mar 2019 | 05:52

ގއ. ވިލިނގިލީގައި ފެތުރެމުން އަންނަ ޑެންގީ، ވައިރަލް ހުން އަދި ޗިކަންގުންޏާއާއި، ކޮންޓުރޯލުވަމުން އަންނަ ކަމަށް ގއ.އަތޮޅު ހޮސްޕިޓަލުން ބުނެފިއެވެ.

ފެތުރެމުން އަންނަ ބަލިމަޑުކަން މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށާއި، ކުރިއައްވުރެ މިހާރު ޑޮކްޓަރަށް ދައްކަން އަންނަ މީހުންގެ އަދަދު މަދުކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

މީގެ ކުރިން ދުވާލަކު 50 އަށް ވުރެ ގިނަ މީހުން ޑޮކްޓަރަށް ދައްކަން އަންނަ ކަމަށާއި، އަށް ވަރަކަށް މީހުން އެޑްމިޓް ކުރަން ޖެހޭ ކަމަށްވެސް އެ ހޮސްޕިޓަލުން މައުލޫމާތު ދިނެވެ.

މި ބަލިމަޑުކަމުގެ ސަބަބުން ވިލިނގިލީ އަތޮޅި ތައުލީމީ މަރުކަޒު ދެ ދުވަހަށް ބަންދު ކުރުމަށް ފަހު، މާދަމާ ސްކޫލުގެ ކިޔެވުން ފެށުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް