ސިއްހީ ހިދުމަތް ރަނގަޅު ކުރުމަށް ހޯރަފުށީ ކައުންސިލުން އެ ރަށު ސިއްހީ މަރުކަޒަށް ހަ ލައްކަ ރުފިޔާ

ހއ. ހޯރަފުށީގެ ސިއްހީ ހިދުމަތްތައް ރަނގަޅު ކުރުމަށް އެރަށު ކައުންސިލްގެ ފަރާތުން، އެރަށު ސިއްހީ މަރުކަޒަށް ހަ ލައްކަ ރުފިޔާ ދީފިއެވެ. މި ފައިސާއަކީ، އެ ރަށު ސިއްހީ މަރުކަޒުގައި އެކްސްރޭ އަދި ދަތުގެ ފަ...

20 Mar 2019 | 05:33

ހއ. ހޯރަފުށީގެ ސިއްހީ ހިދުމަތްތައް ރަނގަޅު ކުރުމަށް އެރަށު ކައުންސިލްގެ ފަރާތުން، އެރަށު ސިއްހީ މަރުކަޒަށް ހަ ލައްކަ ރުފިޔާ ދީފިއެވެ.

މި ފައިސާއަކީ، އެ ރަށު ސިއްހީ މަރުކަޒުގައި އެކްސްރޭ އަދި ދަތުގެ ފަރުވާ ދޭން ފެށުމަށް ބޭނުންވާ މެށިނަރީސް ހޯދުމަށާއި އެހެނިހެން ކަންކަމަށް ހަރަދުކުރުމަށް ދިން އެހީއެއް ކަމަށް ހޯރަފުށީ ކައުންސިލުން ވިދާޅުވިއެވެ.

ރަށު ސުކޫލްގެ ދަރިވަރުންނާއި ބެލެނިވެރިން ސުކޫލަށް ހާޒިރުވާގަޑިއާއި، ނިމޭގަޑީގައި މަޑުކޮށްލައިގެން ތިބޭނެ ސަރަހައްދެއް ހިޔާކުރުމަށާއި، ބަނދަރު ސަރަހައްދުގައި ދަތުރުވެރިންނަށް މަޑުކުރެވޭނެ ބެންޗުތަކެއް ހެދުމަށާއި، އޮޑި ދޯނިފަހަރަށް ބަނދަރު ސަރަހައްދުން ފަސޭހަކަމާއެކު ފެން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި ވެސް ކައުންސިލުން އެހީދިނުމަށް ހަމަޖެހިފައިވާކަމަށް ހޯރަފުށީ ކައުންސިލުން ވިދާޅުވެއެވެ.

ހއ. ހޯރަފުށީ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށް އެ ރަށު ކައުންސިލުން ގިނަ މަސައްކަތްތަކެއް ކުރަމުން ދާކަމަށް ކައުންސިލުން ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް